މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުތައް ބޭނުންކުރެވޭ މުއްދަތު އަނެއްކާވެސް އިތުރުކޮށް މިހާތަނަށް ހަދާދީފައިވާ އައިޑީކާޑުތަކުގެ ތެރެއިން މުއްދަތު ހަމަވާ އައިޑީ ކާޑުތައް ޖުލައިމަހުގެ ނިއަލަށް ބޭނުން ކުރެވޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ހާމަކޮށްފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިގޮތަށް ނިންމީ ކޯވިޑު ފެތުރުން އިތުރުވަމުން ދާތީ ގިނަ ބަޔަކު ވަދެ ނިކުމެ އުޅޭ ތަންތަނަކީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެދާނެ ތަންތަން ކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައިވުމާއެކު، މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން އެޅޭނެ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.
މިގޮތަށް މުއްދަތު އިތުރު ކުރި ނަމަވެސް އޮންލައިންކޮށް، ކާޑު ހެއްދުމަށް އެދި ހުށައެޅޭނެ ކަމަށް އެ ޑިޕާޓްމަންޓުން ވިދާޅުވިއެވެ. އެގޮތުން އައިޑީ ކާޑު ހެދުމަށް އެދޭ ފަރާތްތަކުގެ ފަސޭހައާއި ރައްކާތެރިކަމަށްޓަކައި އައިޑީ ކާޑު ހެއްދުމަށް އެދި އެ އިދާރާގެ ވެބްސައިޓް (www.dnr.gov.mv) އިން ހުށަހެޅޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.