ހުޅުމާލޭގައި ކުރީގެ އަނބިމީހާގެ ގެޔަށްވަދެ އޭނާއާ ގަދަކަމުން ބެހުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އިތުބާރުހުރި މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގައި ކުރީގެ އަނބިމީހާ ދިރިއުޅޭ ގޭގެ ދޮރު ވައްޓާލުމަށްފަހު ވަދެ، ގަދަކަމުން އަންހެން މީހާއާ ބެހިފަ ފިލައިގެން އުޅެނިކޮށް މާލެއިން ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ 8:30 އެހާކަންހާއިރުއެވެ.

މިކަމާގުޅިގެން މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތެއްވަނީ ނުވެފައެވެ.