މީސްމީޑިއާގެ އެކި ޕްލެޓްފޮމްތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަަކަ ދައްކަމުންދާ އުފާ މުހުތާރު ފަހުމީ އަށް މެލޭޝިއާގައި ތިބި ދިވެހިން އިހްސާންތެރިވެ، ހެޔޮ ފޯރުކޮށްދިނުން މުހިންމު ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އުފާ ވަނީ އޭނާ ކޮވިޑަށް ފައްސިވެފައިވާ ކަަމަށާއި، މިވަގުތު އޭނާ އެންމެ ބޭނުންވަނީ ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީކަމުގައި ބުނެ މީސްމީޑިއާގައި ވާހަކަދައްކާފައެވެ. އަދި ޕެނެޑޯލް ނޫން އެހެން ބޭހެއް ގަންނާނެ ފައިސާއެއް އޭނާއަތުގައި ނެތް ކަމަށްވެސް އޭނާވަނި ބުނެފައެވެ. https://twitter.com/Mohamedshaheem1/status/1485234163951489026 މިކަމާ ގުޅިގެން ޑރ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި. އިސްލާމްދީނަކީ އިހްސާންތެރިކަމާއި އޯގާތެރިކަމުގެ ދީން ކަމަށާއި، ދުއާއަކލީ އޭނާއަށް އަވަސް ޝިފާއެއް ދެއްވައި ހެޔޮ ވިސްނުމާއި ތެދުމަގު މިންވަރު ކުރެއްވުން ކަމަށެވެ.
ދުޢާއަކީ އުފާއަށް އަވަސް ޝިފާއެއް ދެއްވައި ހެޔޮ ވިސްނުމާއި ތެދުމަގު ދެއްކެވުން - ޝަހީމް

300 × 250






ޚިޔާލު (1)
ހާދަ ހިތް ހެޔޮ ބޭފުޅެކޭ