މައްސަލަތައް ބަލައި ތަހުގީގުތައް ހިންގުމުގައި އެއްވެސް ކަހަލަ ސިޔާސީ ނުފޫޒެއް އެއިދާރާގެ މައްޗަށް ނެތް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިމިވަނީ ނޫސްވެރިއަކު ފުލުހުންގެ ވަޓްސްއަޕް ގްރޫޕްގައި ކުރި ސުވާލަކާ ގުޅިގެންނެވެ. ފާޅުގައި ލާދީނީ ކަންކަމަށް ހިތްވަރުދޭ ފަރާތްތަކުގެ މައްސަލަތައް ހަމަހަމަ އުސޫލުން ގާނޫނުގައިވާ ގޮތުގެ މަތިން ތަހުގީގު ނުކުރަނީ ސިޔާސީ ނުފޫޒެއް އޮވެގެންތޯ، ކުރެވުނު މިސުވާލާއި ގުޅިގެން ފުލުހުން ބުނީ އިސްލާމްދީނަށް ފުރައްސާރަކޮށް އިސްލާމްދީނާއި ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަތައް އެހެނިހެން މައްސަލަތަކާއި އެއްގޮތަށް ތަހުގީގުކޮށް އުސޫލުގެ ތެރެއިން ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމުގައެވެ.
ފުލުހުންގެ ފަރާތުން އިތުރަށް ވިދާޅުވީ މައްސަލައެއް ތަހުގީގު ކުރުމަށް އަދި ވަކި މައްސަލައެއް ތަހުގީގު ނުކުރަން ފުލުހުންގެ މައްޗަށް އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.