އެމްއެންޔޫ ތިނަދޫ ކެމްޕަހުގެ 2022 ވަނަ އަހަރުގެ ފެބްރުއަރީ އިންޓޭކްގެ ކޯސްތަކަށް އެޕްލައިކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ 27 ޖެނުއަރީ ކަމަށް ތިނަދޫ ކެމްޕަސްއިން ވިދާޅުވެއްޖެއެވެ. ހުވަދު އަތޮޅުގައި ހިންގާ އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި، އެމްއެންޔޫގެ 9 ފެކަލްޓީއަކުން ޖުމްލަ 43 ކޯހަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިކޯސްތަކަށް އޮންލައިން ކޮށް އެޕްލައި ކުރެވޭނެއެވެ. އެގޮތުން މިފަހަރު ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި، އަމިއްލަ މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ވެލްޑިންކުރަން ދަސްކޮށްދޭ ކޯހެއްގެ އިތުތުން ކަރަންޓު ވައިރިން ކުރުމަށް ދަސްކޮށްދޭ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އެޑްވާންސް ސެޓިފިކެޓް އިން އިންފޮރމޭޝަން ޓެކްނޮލޮޖީވެސް ހިމެނެއެވެ. މިދެކޯހަށް ވަނުމުގެ ޝަރުތަކީ އަސާސީ ތައުލީމު ފެންވަރު ނުވަތަ ލެވެލް 2 ގެ ސެޓްސިކެޓެއް އޮތުމެވެ. ހުވަދު އަތޮޅުގައި ކުރިއަރަމުން އަންނަ ޓުއަރިޒަމް ސިނާއަތަށް އަމާޒުކޮށްގެން ފަށައިގަންނަ ދަރިވަރުންނަށް ސެޓިފިކެޓް 3 އިން ފްރަންޓް އޮފީސް އޮޕަރޭޝަން އާއި ސެޓްފިކެޓް 3 އިން ޓްވަރ ގައިޑިންގ ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މިދެކޯހަށް ވަނުމުގެ ޝަރުތަކީވެސް އަސާސީ ތައުލީމު ފެންވަރު ނުވަތަ ލެވެލް 2 ގެ ސެޓިފިކެޓެއް އޮތުމެވެ.

Thinadhoo Campusއެމްއެންޔޫ ތިނަދޫ ކެމްޕަސް

ނަރސިންގ ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށް އެޑްވާނސް ސެޓްފިކެޓް އިން ނަރސިން، އެޑްވާންސްޑް ޑިޕްލޮމާއިން ނަރސިންގ، ބެޗްލަރ އޮފް ނަރސިން ހިމެނެއެވެ. އަދި ތިނަދޫ ކެމްޕަހުގައި މުޅިން އަލަށް އެޑްވާންސްޑް ޑިޕްލޮމާއިން މިޑްވައިފަރީއަށްވެސް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިކޯހުގެ ޝަރުތުތަކަކީ ޑިޕްލޮމާއިން ނަރސިންގ ފުރިހަމަކޮށް މޯލްޑިވްސް ނަރސިންގ އެންޑް މިޑަވައިފަރީ ކައުންސިލްގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށް ވުމެވެ. ފެކަލްޓީ އޮފް އެޑިއުކޭޝަން އިން ތިނަދޫ ކެމްޕަހުގައި، އެޑްވާންސް ސެޓިފިކެޓް އިން ފެށިގެން މާސްޓަރސް އާ ހަމައަށް ކޯސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި އަރަބި ބަސް ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަރަބިބަސް ކިޔަވަން ފަށައިގަންނަން ސެޓިފިކެޓް 3 އިން އަރަބިކް ލޭންގުއޭޖް އަދި އެޑްވާންސްޑް ސެޓިފިކެް އިން އަރަބިކް ލޭންގުއޭޖް އަށްވެސް ފުރުސަތު ހުޅުވާލައިފައިވެއެވެ. އަދި އެމްއެންޔޫ ބިޒްނަސް ސްކޫލްއިން ބެޗްލަރ އޮފް ބިޒްނަސް އާއި، އެކައުންޓިންގ ދާއިރާއިން ކުރިއަށްދާން ބޭނުންފުޅުވާ ފަރާތްތަކަށް އަމާޒުކޮށް އޭސީސީއޭ ނޮލެޖް ލެވެލް ވެސް ވަނީ އިއުލާން ކޮށްފައެވެ. އޭގެ އިތުރުން މަތީ ތައުލީމަށް ކިޔަވަން ފަށާން ތައްޔާރުވާ ދަރިވަރުންނަށް އަމާޒުކޮށް ފައުންޑޭޝަން ސްޓަޑީސްގެ ފަރާތުން ސައިންސް، ބިޒްނަސް އަދި ހިޔުމަނިޓީގެ ފައުންޑޭޝަން ކޯހަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އަދި މަތީ ތައުލީމަށް އިގިރޭސީ ފާސް ބޭނުންވާ ދަރިވަރުންނަށް ވަކި މާއްދާއެއްގެ ގޮތުގައި "އިންގްލިޝް ފޯ ފާރދަރ ސްޓަޑީސް" އަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. ޔުނިވަރސިޓީގެ ކޯސްތަކަށް އޮންލައިންކޮށް އެޕްލައި ކުރެވޭނެއެވެ. ކޯސްތަކާއި ބެހޭގޮތުން ނުވަތަ ކޯހަށް އެޕްލައިކުރާނެ ގޮތާއި ބެހޭގޮތުން މައުލޫމާތު ހޯއްދެވުމަށް އެމް.އެން.ޔޫ ތިނަދޫކެމްޕަސް 3345237 އަށް ގުލުއްވުމުން މައުލޫމާތު ލިބޭނެއެވެ. ކޯސްތަކުގެ މައުލޫމާތު ހޯއްދެވުމަށް : https://courses.mnu.edu.mv/ ކޯސްތަކަށް އެޕްލައިކުރުމަށް: https://portal.mnu.edu.mv/