ރިސޯޓެއްގައި މަސައްކަތް ކުރި ބިދޭސީ އަންހެނަކަށް ޝަރުޢީ ކައިވެންޏެއް ނުކޮށް ލިބުނު ކުޑަ ދަރިފުޅަކަށް، ފިރިހެން މީހާ އަޅާނުލާ ކަމަށްބުނެ އަންހެންނަކު އެދެމީހުންނާއި ދަރިފުޅު ފެންނަ ގޮތަށް ހަދާފައިވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފިއެވެ.

އެވީޑިއޯ އާންމު ކުރަމުން އަންހެން މީހާ ތުހުމަތު ކޮށްފައިވާ ގޮތުގައި އެކުއްޖާ އަކީ އެދެމީހުންގެ ދަރިއެއް ކަމަށާއި، ނަމަވެސް ދަރިފުޅުގެ ހުރިހާ ޒިންމާއެއް ނަގަނީ އޭނާ ކަމަށެވެ.

https://twitter.com/MvCrisis/status/1486009562620915712

ނަމަވެސް ފިރިހެން މީހާގެ ނަމެއް އެއަންހެން މީހާ ހާމަކޮށްފައިނުވެއެވެ. ރާއްޖޭގެ ޚަބަރު ފަތުރާ “އެމްވީ ކްރައިސިސް” އިން ހާމަކޮށްފައިވާގޮތުގައި ފިނޮޅު ރިސޯޓުގައި މަސައްކަތް ކުރި އިންޑޮނޭޝިއާ އަންހެނަކާއި ދިވެހި ފިރިހެނަކަށް ލިބިފައިވާ ދަރިއަކަށް ފިރިހެން މީހާ އަޅާނުލި މައްސަލައިގައި އަންހެން މީހާ މީސްމީޑިއާގައި ވީޑިއޯއެއް ހިއްސާކޮށްފައިވާ ކަމަށެވެ. ނަމަވެސް އިންޑޮނޭޝިޔާގެ އަންހެން މީހާ، ދިވެހި ފިރިހެންމީހާއި އެކު ޝަރުޢީ ކައިވެންޏެއް ކޮށްފައިވާކަމަށް ބުނެފައި ނުވެއެވެ.

އެވީޑިއޯއިން ފެންނަނީ އެއަންހެން މީހާއާއި ފިރިހެން މީހާއާ ދެމީހުން އެކީ ނަގާފައިވާ ފޮޓޯއަކާއި ފިރިހެން މީހާގެ ފޮޓޯއެއްގެ އިތުރުން ދަރިފުޅުގެ ވީޑިއޯއެއްގެ އިތުރުން އަންހެން މީހާއާއި ކުޑަކުއްޖާގެ ފޮޓޯތަކެކެވެ.