ގަވައިދުން ޝާއިޢު ނުކުރާ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތައް އުވާލަން މީޑީޔާ ކައުންސިލުން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނާގޮތުގައި ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ ދަށުން 2015 ޑިސެމްބަރ 31 ގެ ނިޔަލަށް އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކުގެ ތެރެއިން ގަވާއިދުން ޝާއިޢުނުކުރާ ނޫސް، މަޖައްލާ، އޮންލައިން ނޫސްތައް އުވާލެވޭނެއެވެ. އަދި ޤަވައިދުން ޝާއިޢު ނުކުރާ މީޑިޔާތަކުގެ ލިސްޓެއް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
އެގޮތުން ބަލާއިރު އުތުރުޑޮޓްކޮމް، ކުރިނބީ ލައިވް، އަލިފުށި އޮންލައިން، ހިތާދޫ އޮންލައިން މޯލްޑިވްސް އިންޑިޕެންޑެންޓް، އެން ނިއުސް، ހެނދުނު، އެމްވީ ސްޕޯޓްސްގެ އިތުރުން ސަރުކާރުގެ ޚަބަރު، އުދަރެސް އޮންލައިން، ފިޔެސް ނިއުސް، އޯގަ.އެމްވީ، އަށާރަ މީޑީއާ، މިއަދު ބިޒްނަސް ރިވިއު އޮންލައިން، ރީޑަރސް އަރކް، އައިލެންޑްނިއުސް، ނޫން އިންފޯ، ވަތަން، އެޑިޔުކޭޓް ޕްރައިމް ރެސްޓިނޭޝަން ހިމެނޭހެން 52 ނަމެއް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިލިސްޓުގައި ބަޔާންކޮށްފައިވާ މީޑީޔާތައް ގަވާއިދުން ނުނެރޭނަމަ 28 ފެބްރުއަރީ 2022 ން ފެށިގެން ނޫސްމަޖައްލާގެ ދަފްތަރުން އުނިކޮށް އުވާލާނެކަމުގައި ހޯމް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.