1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ފެއިލްވެދާނެކަމަށް ބިރު ނުގަނެ ކަންކަމާއި ކެރިގެން ކުރިމަތިލުން މުހިންމު

worried women2
ނަޞްރުﷲ އަފީފް
1,045ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަހަރަމެންގެ ތެރެއިން ގިނަ މީހުން، ދިރިއުޅުމުގައި ތަފާތު ކަންކަން އެއްވެސް ވަރަކަށް އަޖުމަ ބަލާލުމެއް ނެތި، އެކަމެއް ނުވާނެކަމަށް ނިންމައެވެ. ސަބަބަކީ، އެކަމަކުން ފެއިލް ވެދާނެ ކަމުގެ ބިރު އަބަދުވެސް އޮންނާތީ އެވެ.

ނާކާމިޔާބީގެ ބިރުވެރިކަން ކުރިމަތިވާ ސަބަބުތައް ހޯދުމަށް، އެންމެ ފުރަތަމަ ވިސްނާލަން ޖެހެނީ ހަގީގީ "ފެއިލް" ވުމުގެ މާނައަކީ ކޮބައިތޯ އެވެ.

އަޅުގަނޑުމެން އެންމެންނަކީވެސް ނާކާމިޔާބީގެ ތަފާތު މާނަތައް ގެންގުޅެމުއެވެ. އަޅުގަނޑުމެންނަކީ ތަފާތު ޤަބޫލުކުރުންތަކާއި، ވެލިއުސްތައް ގެންގުޅޭ ބަޔަކަށްވާތީ، އެކަކަށް ނާކާމިޔާބުވާ ނާކާމިޔާބުވުމަކީ، އެހެން މީހަކަށް ދަސްވާ ވަރަށް ބޮޑު ތަޖުރިބާއަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

300 × 250

އަހަރަމެންގެ ތެރެއިން ވަރަށްގިނަ ބަޔަކު ފެއިލްވެދާނެކަމުގެ ބިރުގެންގުޅެއެވެ. ފެއިލްވުމުގެ ބިރު "އަޓީޗިފޯބިއާ" އަކީ އެ ބިރުވެރިކަމުގެ ސަބަބުން އަހަރެމެންގެ މަގުސަދު ތައް ހާސިލް ކުރުމަށް ކުރިއަށް ދެވިދާނެ ކަންކަމުގެ ވިސްނުން ދޫކޮށް, އެކަމެއް ކުރުން ހުއްޓުމަށް ފުރުސަތު ދިނުމެވެ.

ދިރިއުޅުމުގައި ކާމިޔާބާއި، ނާކާމިޔާބު ވަނީ ގުޅި ލާމެހިފައެވެ. އަހަރަމެންގެ ތެރެއިން ގިނަ މީހުން ކަންކަމާއި ކުރިމަތި ނުލަނީ، އެކަމަކުން ފެއިލްވެ އެހެން މީހުންގެ ކުރިމަތީގައި ފަޟީހަތް ވެދާނެކަމުގެ ބިރު އޮންނާތީއެވެ. ނަމަވެސް އަހަރަމެންނަށް އެނގެންޖެހޭ ވަރަށް މުހިންމު މެސެޖެއް ވެއެވެ. ނާކާމިޔާބީ އަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ނާކިޔާބުވާ ކޮންމެ ނާކާމިޔާބުވުމަކީ އެއިން އަހަރަމެންނަށް ތަފާތު އިބްރަތާއި ފިލާވަޅު ދަސްކޮށްދޭ ދަސްކޮށް ދިނުމެކެވެ.

ދުނިޔޭގައި މިހާތަނަށް ހޯދިފައިވާ ބޮޑެތި ކާމިޔާބީއެއްގެ ފަހަތުގައިވަނީ، އެތަކެއް ނާކާމިޔާބީއާއި، އެނާކާމިޔާބީއިން ލިބުނު އިބްރަތެވެ. ދިރިއުޅުމުގައި ކާމިޔާބު މީހަކަށްވުމަށް ތަފާތު އާކަންކަމާއި ކުރިމަތިލާންޖެހެއެވެ. ކޮންމެ ކަމަކުން އެންމެ އެކަށީގެންވާ ނަތީޖާ ފަހަރެއްގައި ނުނުކުމެދާނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންޖެހެނީ، ކޮންމެ ނާކާމިޔާބީ އަކީ އަކީ އިތުރު އުނގެނުމެކެވެ. ކޮންމެ އުނގެނުމަކީ، އަހަރަމެންގެ ވިސްނުމާއި ފިކުރު ބަދަލުކޮށް، ދިރިއުޅުމަށް ބޮޑެތި ބަދަލު ގެނުވަ ކަމެކެވެ.

ފެއިލްވުމަކީ، ދިރިއުޅުމުގެ އެއްބައެވެ. ފެއިލްވުމަކީ ކަންކަން އިތުރަށް ދަސްކުރުމަށް ލިބިގެންދާ ފުރުސަތެކެވެ. ފެއިލް ވުމަކީ އެއިން އިބްރަތް ހާޞިލްކޮށް އަހަރަމެން ދަސްކުރުމަށް މަގުފަހިކޮށްދޭ ކަމެއްވެސް މެއެވެ. ތަފާތު އާކަންކަން އަހަރަމެން ދަސްނުކުރާ ނަމަ، އަހަރަމެންގެ ދިރުއުޅުމަށް ބަދަލެއް ނާންނާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި