1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ހިދުމަތްދޭ ކުންފުންޏަކަށް ދިރާގު

FKS7H_cWQAEgdE_
ޢަޒީޒާ އަފީފް
474ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގައި އެންމެ ހަލުވި މޯބައިލް ނެޓްވޯކް އަކަށް ހޮވި ދިރާގަށް ސްޕީޑް ޓެސްޓް އެވޯޑް ލިބިއްޖެއެވެ.

އުކްލާއިން ދެމުންއަންނަ ސްޕީޑް ޓެސްޓު އެވޯޑް ދިރާގަށް ލިބިފައިވާކަން މިއަދު އިއުލާންކޮށްފައިވާއިރު 2021 ވަނަ އަހަރު ތިންވަނަ އަދި ހަތަރުވަނަ ކުއާޓާރގަ މޯބައިލް ނެޓްވޯކް ސްޕީޑް އިން ސްޕީޑްޓެސްޓް އެވޯޑް ލިބިފައިވަނީ ދިރާގަށެވެ.

ސްޕީޑްޓެސްޓް ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ދިރާގުގެ މެޑިއަން ޑައުންލޯޑް ސްޕީޑް ހުރީ 45.95 އެމްބީޕީއެސްގައެވެ. އަޕްލޯޑް ސްޕީޑް ހުރީ 14.10 އެމްބީޕީއެސްގައެވެ.

300 × 250

ރާއްޖޭގެ އެންމެ ހަލުވި މޯބައިލް ނެޓްވޯކް ކުންފުންޏަކަށް ދިރާގު ހޮވިފައިވަނީ ސްޕީޑް ސްކޯގައި 52.79 ޕޮއިންޓް ހޯދައިގެންނެވެ. އަދި އުރީދޫ އަށް ލިބިފައި ވަނީ 47.19 ޕޮއިންޓެވެ.

ކުންފުންޏަށް ލިބިގެން މިދިޔަ ބޮޑު ކާމިޔާބާއި ގުޅިގެން ދިރާގުންވަނީ ހުރިހާ ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަދަ ބޮޑު ކާމިޔާބީއަކާ ހަމަޔަށް ވާސިލްވެވުނީ ކަސްޓަމަރުންނާއި ޕާޓްނަރުންގެ އެހީގައި ކަމަށް ދިރާގުންވަނީ ފާހަނގަކޮށްފައެވެ.

https://twitter.com/Dhiraagu/status/1488021169059942405?s=20&t=eOowFr5ssFztcQuLuZ33_A

2006 ވަނަ އަހަރު ތައާރަފް ކުރި އުކްލާގެ ސްޕީޑް ޓެސްޓް މެދުވެރިކޮށް ކޮންމެ ދުވަހަކު 10 މިލިއަން ޓެސްޓް ހަދައެވެ. މިހާތަނަށް އެކުންފުނި ހެދި ސްޕީޑް ޓެސްޓްގެ އަދަދު 40 ބިލިއަނަށް އަރައެވެ. އުކްލާގެ ހެޑްއޮފީސް ހުންނަނީ އެމެރިކާގެ ވޮޝިންޓަން ސިޓީގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި