ގެވެށި އަނިޔާ ކޮށް މާލޭގައި އަންހެނަކު ވަރަށްބޮޑަށް ޒަޚަމްކޮށްލައިފިއެވެ. އެމްވީ ކްރައިސިސް އިން މީގެ ކުޑައިރުކޮޅެއްގެ ކުރިން އާންމުކޮށްފައިވާ ވީޑީއެއްގައި ފެންނަ މަންޒަރުން، މާލޭގެ ގެއެއްގެ ތޭރޭގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ.
މިވީޑިއޯއިން ފެންނަގޮތުން އަންހެންމީހާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަން އެނގިގެންދެއެވެ. އަންހެންމީހާ ހުއްޓުމެއް ނެތި ބަލި އަޑަކުން ރޯއަޑު އިވުމުގެ އިތުރުން, މުޅި ހެދުމުގެ ފަސްބައި އެއްކޮށް ލެއިން ތައްތެޅިފައިވާ ތަން ފެނިގެން ދެއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިގޮތުގައި މާލޭގެ ގެއެއްގައި އަންހެނަކަށް ގެވެށި އަނިޔާކޮށްފައިވާ ކަމަށާއި، އަންމީހާ އަށް އަށް އަނިޔާކޮށްފައިވަނީ އޭނާގެ ފިރިމީހާކަމުގައެވެ. އަދި އަންހެން މީހާ އަކީ ބިދޭސީ އަންހެނެއް ކަމަށާއި، މިވަގުތު އަންހެން މީހާއަށް އައިޖީ އެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަންހެން މީހާ އަށް ލިބިފައިވާ އަނިޔާގެ ތަފްޞީލް އަަދި ސާފުވާގޮތެއް ވަނީ ނުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.