ގދ ތިނަދޫގައި ދިރިއުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކޮވިޑް-19 ވެކްސިން ބޫސްޓަރ ޑޯޒް ޖެހުމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތިނަދޫގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ، ގދ. ތިނަދޫގައި ދިރިއުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށްޓަކައި ރަޖިސްޓަރ ކުރުމަށް މިހާރު ވަނީ ހުޅުވާލެވިފައިވާ ކަމަށާއި ރަޖިސްޓްރީ ކުރުމަށް އެހޮސްޕިޓަލުން ހަދާފައިވާ ގޫގްލް ފޯމް ފުރިހަމަ ކުރުމަށް ނުވަތަ ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓް ހުޅުވިފައި ހުންނަ ގަޑިތަކުގައި ރަޖިސްޓްރީ ކުރުމަށެވެ. ބޫސްޓަރ ޑޯޒް ޖެހުމަށް ހަމަޖެހިފައިވަނީ، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށް 18 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހެއްނަމަ، ފައްސިވި ސާމްޕަލް ނެގި ދުވަހުން ފެށިގެން 28 ދުވަސް ހަމަވެފައިވާ މީހުންނަށެވެ.
ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރ ސާލިމް އަލީ ވިދާޅުވީ، ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ވެކްސިން ޖަހައިދިނުން އޮންނާނީ ގޭގެއަށް ޒިޔާރަތްކޮށްގެން ކަމަށެވެ.







ޚިޔާލު (1)
ސައުދު އަލީ އަވަހަށް ރަޖިސްޓްރީ ކުރަންދޭ ބޫސްޓާ ޑޯޒު ނުޖަހާހުއްޓާ ތިނުކުޅެދުންތެރިކަން އިތުރަށް ބޮޑުވެދާނެއެވެ