ރާއްޖޭގެ އެތެރެ ކުރި ގިނަ އަދަދެއްގެ ދޫނިތައް މަރާލަން ލަފާ ދިނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިލިކަލްޗަރ އިން ތުހުމަތުކޮށްފިއެވެ.
މިއަދުގެ ވަގުތެއްގައި އިންޖެކްޝަން ޖަހައިގެން މަރާލި ދޫނިތަކަކީ މީގެ ހަތަރުވަރަކަށް މަސްކުރިން ރާއްޖެ އެތެރެކުރެވުނު ދޫނިތަކެކެވެ.
ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެ ދޫނިތަކަކީ އެއީ ރާއްޖެ އެތެރެ ކުރެވޭނެ ދޫނިތަކުގެ ލިސްޓް އަޕްޑޭޓް ކުރުމުގެ ކުރިން ނުގަވައިދުން އެތެރެ ކޮށްފައިވާ ދޫނިތަކެއް ކަމަށާއި އެހެން ކަމުން ދޫނިތައް އާ ގަވައިދަށް ނުފެތޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެޓާނީ ގެނެރަލް އޮފީހުގެ ލަފާމަތިން އެދޫނިތައް ނައްތާލީ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.







ޚިޔާލު (1)
ދޫނިތައް މަރާނުލައި ދޫކޮށްލިނަމަ.. ތިއީވެސް ދިރޭ ފުރާނަތަކެއްނު