ރާއްޖެ އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން އިންޖެކްޝަން ޖަހައިގެން މަރާލާފައިވާތީ އެކަމާއި ދެކޮޅަށް މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.
މީސްމީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދޫނިތައް މެރުމާއި ދެކޮޅަށް މިއަދު ހަވީރު 16:00 ގައި އާޓިފިޝަލް ބީޗުގައި އިހުތިޖާޖެއް ކުރިޔަށް ގެންދާނެ ކަމަށެވެ.
ޤަވައިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ދޫނިތަކެއް ކަމަށް ބުނެ މިނިސްޓްރީން ވަނީ 130 ދޫނި އިއްޔެ މަރާލާފައެވެ. އެދޫނިތަކުގެ ތެރޭގައި ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއްވެސް ހިމެނެއެވެ. މިނިސްޓްރީން ވިދާޅުވެފައިވަނި އެދޫނިތައް މަރާލީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.