ރާއްޖޭގައި ހިނންގަމުންދާ ބައެއް މަޝްރޫއު ތަކުގެ ކޮންޓްރެކްޓް މުއްދަތު ހައްދު ފަހަނައަޅައި ގޮސް ބައެއް މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނޫ ދާއިރާގެ މެންބަރު ރާއީ ވިދާޅުވެއްޖެއެވެ.
މަކުނުދު ދާއިރާގައި ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތައް ލަސްވަމުންދާތީ ރާއީ ދަނީ ޓްވީޓަކަށްފަހު ޓްވީޓެއް ކުރަމުންނެވެ.
ރާއީ ވިދާޅުވަނީ މަޝްރޫޢުތައް ނުނިމި ލަސްވަމުންދާތީ ރައްޔިތުންގެ ހައްގުގައި ވާހަކަ ނުދައްކާ މަންމަނަކަށްވެގެން ތާއަބަދަކު ނުހުރެވޭނެ ކަމަށާއި މައެއް މަޝްރޫޢުތަކަށް ވީނުވީއެއް ނޭގި ކޮންޓްރެކްޓް ހަމަވެފައި މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢުތަކަށް ކޮންޓްރެކްޓް ކުރެވޭ ގޮތުން ދެން ހެދޭނެ ގޮތެއް ނެތް ކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.
https://twitter.com/Mraee12/status/1492400601032179714?s=20&t=eHMNduBDrc0OrsRwcH43OA
މަކުނުދޫ ދާއިރާގެ މަޝްރޫޢުތައް ނުނިމި ލަސްވަމުންދާތީ ރާއީ ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.
މީގެއިތުރުން ހދ.ކުމުންދޫ ބަދަރުގެ މަސައްކަތް ނުނިމި ލަސްވަމުންދާތީ އެއަތޮޅު ކައުންސިލުގެ ނައިބު ރައީސްގެ އިތުރުން ރާއީވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެމަޝްރޫޢު ނިންމަން ހަވާލުކޮށްފައިވާ ތާރީޚް ނިމެން ބާކީ އޮތީ ދެމަސް ކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.
ރާޢީގެ މިކަންބޮޑުވުންތަކާއެކު އެ ދާއިރާގެ ބައެއް މީހުންވެސް ވަނީ އެކަންބޮޑުވުންތަކުގައި ބައިވެރިވެ ޓްވީޓް ކޮށްފައެވެ. މިގޮތުން އެމީހުން ދެމިތިބީ އެމްޕީ ރާޢީގެ ފަހަތުގައި ކަމަށާއި، 2023 ގައި ވެސް ތިބޭނީ ހަމަ އެގޮތުގައި ކަމަށް ބައެއް މީހުން ބުނެފަވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.