ބްލެކްމެއިލް ކޮށް ބިރުދައްކާ މައްސަލައެއްގައި މީހަކު ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ފުލުހުން ވިދާޅުވީ، ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ފުލުހަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އޭނާ އުޅޭ ވަކިތަނެއް އޭނާގެ އާއިލާއަށްވެސް އެނގިފައިނުވާ ކަމަށެވެ. ބްލެކްމެއިލް ގެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަން/ ހަމްނާ، އަހުމަދު ޝަހްބާން (27އ) އެވެ.
އޭނާ ހާޒިރުވާންޖެހެނީ، 21 ފެބްރުއަރީ 2022 ވަނަ ދުވަހުގެ 12:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންގއަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.