މީހަކު ދެއަންބަށް މީހަކާއި އިނުމުގެ އޭނާގެ ދަރިން ނުކުމެ ބައްޕަ ފަހުން އިން މީހާގެ ގެ ކައިރިއަށް ގޮސް ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި މަގުމަތީގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބާ ދެއަންބަށް މީހަކާ އިން ކަމަށް ބުނާ މީހާގެ ދަރިން ހަޑިހުތުރު ބަހުން މުއާމަލާތް ކޮށް އަޑުގަދަ ކުރާ މަންޒަރު ފެނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހިނގާފައިވަނީ، ތ ވޭމަންޑޫގައެވެ. އެގޮތުން އެމީހުން އަޑުގަދަކޮށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރި އިރު ފުލުހުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި އެތަނުން ބަޔަކު މީހުން، އެތަނުގައި ކުޑަ ކުދިންތިބި ކަމަށާއި، ހަޑިހުތުރު ބަހުން މުއާމަލާތް ނުކުރުމަށް ބުނާ އަޑު އިވެއެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވޭމަންޑޫއިން ވާހަކަ ދެއްކި މީހަކު ބުނީ، އެމީހުންގެ ބައްޕަ އެހެން މީހަކާއި ދެއަންބަށް އިނުމުން އެކަމާ ރުޅިގަދަވެ އެފިރިހެން މީހާގެ ދަރިން ގެންދަނީ ބައްޕަ ފަހުން އިން މީހާއަށް އިންޒާރުދެމުން ކަމަށާއި، އަދި އެއާއިލާގެ އެހެން މީހުންނަށް ވެސް އިންޒާރުދީފައިވާ ކަމަށެވެ.
ބައްޕައަކު ދެއަންބަށް މީހަކާއި އިނުމުން ދަރިން މިފަދަ ގޮތަކަށް ހަޑިހުތުރުބަހުން މުއާމަލާތްކޮށް ޒުވާބުކޮށްފައިވާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ދަރިން ކުރި އެއަމަލު ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.