ޔޫކްރެއިން ގައި މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން އެގައުމުގައި ތިބި ދިވެހި ދަރިވަރުން ގެނެވޭނެ ގޮތެއް ނެތިގެން ދަރިވަރުންގެ އާއިލާތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއަޒް ކައިރިއަށް އެއްވާން ފަށައިފިއެވެ.
މިނިސްޓްރީ ކައިރިއަށް ދަރިވަރުންގެ އާއިލާތަކުން އެއްވާން ފަށާފައިމިވަނީ، ޔޫކްރެއިންގައި ތިބި ކުދިން އަނބުރާ ރާއްޖެ ގެނެވޭނެ ގޮތެއް ނެތިގެން ކަމަށާއި، އެކަމަށްޓަކައި މިނިސްޓްރީއިން ދޭންޖެހޭ ހުއްދަ ނުދީގެން އެކަމާ ނުރުހުން ފާޅުކުރުމަށް ކަމަށެވެ.
ޔޫކްރެއިންގައި ހުރި ދަރިވަރެއްގެ އާއިލާ މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު ޔޫކްރެއިން ގައި ކިޔަވަން ހުރި އޭނާގެ ކޮއްކޮ ރާއްޖެ ގެނައުމަށް ނަގަން ޖެހޭ ހުއްދަތައް ދިނުމަށް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އައިއިރު މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް ލިބޭ ގޮތް ނުވެފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.