ރާއްޖޭގެ ހުރިހާ ރަށެއްގައި ތާރު އެޅުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި، ބައެއް ރަށްރަށުގައި ޖަޒީރާ ސިފަތައް ދަމަހައްޓަން ޖެހޭ ކަމަށް، މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގއ ކޮލަމާފުށީގެ މަގު ހެދުމުގެ މަސައްކަތް ނުނިމި ލަސްވާ މައްސަލައިގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ރަށްރަށުގައި ބަނދަރު ހެދުމަށް ޑިމާންޑް އޮތް ގޮތުން މިހާރު އެންމެ ބޮޑު ޓްރެންޑަކީ މަގުތަކުގައި ތާރުއެޅުން ކަމަށާއި ވަރަށް ގިނަ ރަށްރަށުގެ އެކަމަށް ސަރުކާރުގައި އެދެމުން އަންނަ ކަމަށެވެ. އެގޮތުން ތާރު އެޅުމަށް މިހާރުވެސް 22 ރަށެއްގައި ކޮންޓްރެކްޓް ހަދާފައިވާ ކަމަށާއި، އިތުރު 19 ރަށެއްގައި އެމަސައްކަތް ޕްލޭން ކޮށްފައިވާ ކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ޓްރެފިކްގެ އުނދަގޫ ބޮޑު ރަށްރަށުގައި ތާރު އަޅައިގެން މަގުތައް ހަދަން ޖެހިދާނެ ކަމަށާއި ތަރައްގީ އަންނަ ވަރަކަށް ދިރިއުޅުމުގެ ވައްޓަފާޅި ވެސް ބަދަލުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ތާރު ނޭޅިޔަސް ރަށްރަށުގެ މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުންނަން ނުޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެ ކަން ހައްލުކުރަން، ޓްރެފިކްގެ މައްސަލަތައް އާދައިގެ ރަށްރަށުގައި ފަސްގަނޑު ސާފޭސް ލެވެލް ކުރެވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.







ޚިޔާލު (1)
1500 މީހުން ހަމަނުވާ ފަރެސްމާތޮޑާގަ އެއާޕޯޓެއްވެސް އަޅާކަށް ނުޖެހޭ