ބައިނަލްއަގްވާމީ ސްކައުޓް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަންގެ ރީޖަނަލް ޔޫތު ރެޕްރިޒެންޓޭޓިވް އަކަށް ފަސްޓް މާލޭ ސްކައުޓް ގްރޫޕްގެ ރޯވަރ ސްކައުޓް މުހައްމަދު އިއުޖާޒު ޔަޒީދު އިންތިޚާބުވެއްޖެއެވެ. އިއުޖާޒު މިމަގާމަށް އިންތިހާބުވީ މިފެބްރުއަރީ މަހުގެ 9 އިން 13 އަށް ބޭއްވުނު 10 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ޔޫތް ފޯރަމްގައި އިތުރު 13 ގައުމެއްގެ ކެނޑިޑޭޓުންނާއި ވާދަކޮށެވެ.
10 ވަނަ ރީޖަނަލް ސްކައުޓް ޔޫތު ފޯރަމް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކުރިއަށް ގެންދިޔައިރު، މިފޯރަމްގައި ރާއްޖޭގެ ފަރާތުން 8 މެމްބަރުންގެ ވަފުދެއް ބައިވެރިވިއެވެ. އަދި ފޯރަމްގެ ރިޕޯޓުގައި ހިމެނުމަށް ރެކޮމަންޑޭޝަންތަކެއްގެ ގޮތުގައި ރާއްޖެއިން ވަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތިމާވެށި އަދި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ދާއިރާއިން ޖުމްލަ 5 ހުށަހެޅުމެއް ހުށަހަޅައި އެހުށަހެޅުންތައް ފޯރަމްގެ ޕްލެނަރީ ޝެޝަންތަކުގެ ތެރެއިން ބައިވެރިވި ހުރިހާ ގައުމެއްގެ ފުރިހަމަ އަޤްލަބިއްޔަތާއެކު ފާސްކޮށްފައެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.