އައްޑޫސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮށްވާ ފެނިފައިވަނީ ފިރިހެނެކެވެ.

މަރުވެފައި ވަނީ މަރަދޫފޭދޫ މީހަކާ އިނދެގެން އުޅޭ ޏ. ފުވައްމުލަކު ފިރިހެނެކެވެ. އެމީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގެ ތެރޭގައި ފިރިހެނަކު ނިޔާވެފައި އޮއްވައި ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.