1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

އުމުރުން 5 އަހަރުގެ ތުއްތުކުއްޖަކު، އެއްކުރި ވަކިލާރި، ފަޤީރު ކްލާސްކުއްޖެއްގެ އިންޓަވަލް އަށް

q3
ފޮޓޯ: ސޯޝަލް މީޑިޔާ
ނަޞްރުﷲ އަފީފް
636ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އުމުރުން 5 އަހަރުގެ ތުއްތު ސަންޝައިން އޮއެލްފްކީ، ކޮންމެ ދުވަހަކު ސްކޫލަށް ދާއިރު، އޭނާގެ ވަކިލާރި ދަޅުން، ލާރި ގެންދާތީ މަންމަ ސްވާލު އުފެދުނެވެ. އަދި ދަރިފުޅާއި ސުވާލުކުރުމުން، ސަންޝައިން ދިން ޖަވާބުން، މަންމަގެ ހިތަށް ފުން އަސަރު ކުރުވިއެވެ.

ތުއްތު ސަންޝައިން ބުނިގޮތުގައި، ސްކޫލަށް ގެންދާ ވަކިރުފިޔާއިން ކްލާސް ކުއްޖަކަށް އިންޓަވަލް އަށް ކިރުޕަކެޓެއް އޭނާ ގަނެދެނީއެވެ. ސަންޝައިން ބުނިގޮތުގައި، އެކުވެރިޔާގެ މަންމަ އަތުގައި ފައިސާނެތުމުން، އެކުވެރިޔާ އަންނަނީ، އިންޓަވަލް އަށް އެއްވެސް އެއްޗެއް ނުލައެވެ. ސަންޝައިން ބުނިގޮތުގައި، އޭނާގެ އަތުގައި ރުފިޔާ ހުރުމުން، އެކުވެރިޔާއަށް އެހީވާން އޭނާ ބޭނުންވީއެވެ.

q1ސަންޝައިން މަންމަޔާއި އެކު- ފޮޓޯ: ސޯޝަލް މީޑިޔާ

300 × 250

ސަންޝައިން ބުނިގޮތުގައި އޭނާ އެއްކްލާހެއްގައި ކިޔަވަމުން އަންނަ އެކުވެރިޔާ، އިންޓަވަލްއަށް އެއްޗެއް ނުގެންދާތީ، އިންޓަވަލް ގަޑީގައި، ވަރަށް ދެރަވެފައި އިންނަ މަންޒަރު ފެންނަކަމަށެވެ. އަދި އެކުވެރިޔާ ބަނޑުހައިވާނެ މިންވަރު އޭނާއަށް ސަންޝައިންއަށް ވިސްނޭކަމަށެވެ. އެކުވެރިޔާއަށް ކިރުޕެކެޓް ވަރަށް މީރުކަމަށާއި، އެކުވެރިޔާއަށް ކިރުޕެކެޓެއް ގަނެދެވުމުން، ސަންޝައިން ވަރަށް އުފާވާކަމަށާއި، އަދި އެކުވެރިޔާވެސް އުފާވާކަމުގައި މިތުއްތު ކުއްޖާ ބުނެފައި ވެއެވެ.

q2ފޮޓޯ: ސޯޝަލް މީޑިޔާ

ތުއްތު ދަރިފުޅުގެ މިއިޙްސާންތެރި އަމަލު ފެނުމުން، މަންމަ ޖެކީގެ ހިތް އުފަލުން ފޮޅިގެން ދިޔައެވެ. އަދި އެސްކޫލުގައި، އެފަދަ ގިނަ ކުދިންތަކެއް ތިބެދާނެކަމަށް ވިސްނައިގެން، ދަރިފުޅުގެ އިސްނެގުމުން އިބްރަތް ހާޞިލްކޮށް، ސްކޫލާއި ގުޅިގެން އިންޓަވަލް ގަންނަން ފޯރުތެރިކަން ނުހުންނަ ކުދިން ފާހަގަކުރިއެވެ. އަދި އެއަށްފަހު، ސްކޫލް މެނޭޖްމަންޓާއި، ހެޔޮ އެދޭ ފަރާތްތައް ގުޅިގެން، އިންޓަވަލް ގަންނަން ފޯރުތެރިކަން ނެތް ކުދިންނަށް އެހީވުމުގެ ގޮތުން، ތަފާތު ފަންޑް ރެއިސިންގް އިވެންޓްތައް އެސްކޫލުގައި ކުރިޔަށް ގެންގޮސްފައިވެއެވެ.

qފޮޓޯ: ސޯޝަލް މީޑިޔާ

ސަންޝައިންގެ ހިތްހެޔޮކަމުން ފެށި މިމަސައްކަތުން، ގިނައަދަދެއްގެ ފައިސާހޯދި، ތަފާތު ގޮންޖެހުންތަކާއިއެކު ދިރިއުޅެމުން އަންނަ ކުދިންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވި، އެކުދިންގެ އިންޓަވަލް ސްކޫލުން ލިބޭނެ އިންތިޒާމް މުޅި އަހަރަށް ހަމަޖެހިގެން ދިޔައެވެ.

ބައެއް ފަހަރު މައިންބަފައިން ދަރިންގެ ކިބައިން އިބްރަތްތެރި ފިލާވަޅު ދަސްކުރަންޖެހޭ ފަހަރުވެސް އަންނަކަން، ސަންޝައިންގެ މިހާދިސާއިން އެނގިގެން ދެއެވެ.

އިޙްސާންތެރިކަމަކީ ވަކި އުމުރަކަށް އޮތް އެއްޗެއް ނޫންކަމާއި، ކިތަންމެ ކުޑަ ހެޔޮ ކަމަކުންވެސް ބޮޑުތަފާތެއް ގެނެވިދާނެކަން ސަންޝައިންގެ މި ހާދިސާއިން އެނގިގެން ގޮސްފައި ވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި