ހަށިގަނޑު ނުފަޅައި ހިތުގެ ވޭލްއެއް ބަދަލުކުރުމުގެ އޮޕަރޭޝަންއެއް ރާއްޖޭގައި ކާމިޔާބުކަމާއެކު ކޮށްފިއެވެ. (ޓްރާންސްކެތީޓާ އެއޯރްޓިކް ވޭލްވް އިމްޕްލާންޓޭޝަން ޕްރޮސީޖާ - ޓަވީޕް) ގެ ނަމުން ނަން ދީފައިވާ މިސާޖަރީ ކޮށްފައިވަނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެހޮސްޕިޓަލުން ހިތުގެ ވޭލްވް އެއް ބަދަލުކުރީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެއްގެއެވެ. https://twitter.com/ADKHospital/status/1494899128387923972 މި ސަރޖަރީއާއެކު ރާއްޖެ މިވަނީ ޓަވީޕް ސަރޖަރީ ހެދި މިސަރަހައްދުގެ ތިން ވަނަ ގައުމަށްވެފައެވެ. އެންމެ ފަހުން ދެކުނު އޭޝިޔާގެ ސަރަހައްދުން މި ސާޖަރީ ހަދާފައިވަނީ ބަންގްލަދޭޝުންނެވެ. ތިން ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު އެ މީހާގެ ހާލު އަންނަނީ މިހާރު ރަނގަޅުވަމުންނެވެ.

އޭޑީކޭގައި ކުރިއަށްދިޔަ ހިތުގެ ވޭލްވް އެއް ބަދަލުކުރުމުގެ ސަރޖަރީގެ ތެރެއިން
މިސަރޖަރީ ކާމިޔާބުކަމާއެކު ކުރެއްވި، ޑޮކްޓަރުންގެ ޓީމުން ބުނީ އާއްމު ގޮތެއްގައި މުސްކުޅި އުުމުރުފުރާއަށް އެޅީމާ ގިނަ މީހުންގެ ހިތުގެ ވޭލް ތާށިވާ ކަމަށާއި ވަރަށް އަވަހަށް އެ ވޭލް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިސާޖަރީ ހާއްސަކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިންވެސް ހާއްސަ އުމުރުފުރާއަކަށެވެ. އެއީ 70 އަހަރާއި 70 އަހަރުން މަތީ މީހުންނަށެވެ. އަދި އެމީހުންގެ ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.