1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހިއުމަން ޓްރެފިކިންގެ މައްސަލައިގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

250638_3_98e1e88b801e73ab105d8c913ca3dee710816635_medium
ޢަޒީޒާ އަފީފް
1,420ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހިއުމަން ޓްރެފިކިންގެ މައްސަލައިގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރު ކުރެވުނީ އުމުރުން 65 އަހަރުގެ މުހައްމަދު ވަހީދު ކިޔާ މީހެއް ކަމަށާއި މިމައްސަލައިގައި އަނިޔާ ލިބުނު މީހުންގެ ބަޔާންތަކުގެ އިތުރުން މި މައްސަލާގައި ހިމެނޭ އެހެން މީހުންގެ ބަޔާންތައް ކޯޓަށް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލައިގައި ހައްޔަރުކުރެވުނު މުހައްމަދު ވަހީދުގެ ފޯނުން ބޭރުން މީހުން ގެނައި ކަމުގެ ހެކި ފެނިފައި ވާތީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

300 × 250

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނާގޮތުން އަނިޔާ ލިބުނު މީހުން ރާއްޖެ އިން ބޭރުން ގެނައުމާއި ހިއުމަން ޓްރެފިކިން އެކްސްޕްލޮއިޓޭޝަންގެ އަމަލެއްގެ އޭނާ ހިންގާފައިވާ ކަމަށް އޭނަގެ ފޯނުން ހެކި ލިބެން އެބަހުއްޓެވެ. އެހެންކަމުން އޭނާ 5 ދުވަސްވަންދެން ބަންދުގައި ބަހައްޓައިގެން ތަހުޤީގު ކުރިޔަށް ގެންދިޔުމަށް ވަނީ އަމުރުކޮށްފައެވެ.

މުހައްމަދު ވަހީދުގެ ވަކީލުން ކޯޓުގައި ބުނެފައިވަނީ އޭނާ އަކީ އުމުރުން ދުވަސްވީ، ސިއްޚީ ގިނަ މައްސަލަތައް ހުންނަ މީހެއް ކަމަށާއި ޖަލުގައި ބަހައްޓައިގެން އޭނައަށް ބޭނުންވާ ފަރުވާތައް ނުދެވޭނެ ކަމަށެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކޮށް އޭނާ ބަންދުން ދޫކޮށްލަން ވެސް ވަކީލުންވަނީ އެދިފައެވެ.

އެހެންނަމަވެސް ފުލުހުން ވިދާޅުވީ ޖަލުގައި ހުއްޓަސް މުހައްމަދު ވަހީދުއަށް ދޭންޖެހޭ ހުރިހާ ފަރުވާއެއް ދެމުން ގެންދާ ކަމަށެވެ.

ފުލުހުން މިހެން ވިދާޅުވިނަމަވެސް އޭނާއަށް އެކަށީގެންވާ ފަރުވާ ލިބެމުންދާ ކަމުގެ ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅާފައިނުވެއެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުމަކަށް ދެ ފަރާތުން ސިއްހީ ކަންކަމާއި ބޭސްފަރުވާއާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓަށް ހުށަހެޅުމުން އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިދިޔަ މަހުގައިވެސް މިކަހަލަ މައްސަލައެއްގައި ދެދިވެހިން ވަނީ ހައްރުކޮށްފައިވާއިރު މިިމައްސަލައިގައި ހިމެނޭ ފުލުުހަކު ވަނީ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑްކޮށްފައެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ކަލޯ

    އޭނަގެ ހައްގުގަ ހާދަވަރަކަށް ތެޅިގަތީ ކޮބާއޭނަ އަނިޔާދިންމީހުންގެ ހައްގުތައް

ގުޅުންހުރި