ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން "ޤައުމީ ތަރިކަ ކޮމިޓީ" އުފައްދަވައިފިއެވެ. މި ކޮމެޓީ އަކީ ކަމާގުޅޭ ވުޒާރާތަކާއި، އަދި ދާއިރާގެ ތަޖުރިބާ ހުރި ޓެކްނިކަލް މަސައްކަތްތެރިން ހިމެނޭހެން 13 މެންބަރުން މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ. ސަގާފީ ތަރިކައިގެ ޤާނޫނު ދަށުން މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަގާފ ތަރިކަ ރައްކާތެރިކުރުމާއި ބެލެހެއްޓުމާ ގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާގެ ލަފާގެމަތިން ވަޒީރެވެ. މިގޮތުން މި ޤާނޫނުގެ ދަށުން އެކި ކޮމިޓީތައް އެކުލަވާލުމުގެ ވަޒީރަށް ލިބިވަޑައިގަންނަވައެވެ. ކޮމިޓީގެ މަސައްކަތުގެ ތެރޭގައި ސަގާފީ ތަރިކަ ގިންތިކުރުމާއި، ފާހަގަކުރެވޭ ސަގާފީ އަގުކުރުމާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދު ކަނޑައެޅުމާއި، ސަގާފީ ތަރިކަ ދަފުތަރުން އުނިކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދާއިމީ އާސާރީ ތަކެތީގެ ތެރޭގައި ހިމެނުމަށް ގައުމީ ދާރުލްއާސާރަށް ގަނެގެން ހޯދާ ތަކެތި ކަނޑައެޅުމާއި، ގައުމީ ދާރުލްއާސާރުގެ ދާއިމީ ތަކެތީގެ ތެރެއިން ތަކެތި އުނިކުރުމާއި، ގައުމީ ދާރުލްއާސާރުގެ ތަކެތީގެ ތެރެއިން އަނބުރާ ރައްދުކުރާ ގޮތަށް ދޫކުރާ ތަކެތި ދޫކުރުމުގެ ހުއްދަ ދިނުމުގައި ލަފާދިނުން ހިމެނެއެވެ. ކޮމިޓީގެ މަސައްކަތްކުގެ ތެރޭގައި ހުށަހެޅޭ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމާއި، ގާނޫނު ތަންފީޒު ކުރުމުގައި ލަދާ ހޯދުމަށް ވަޒީރު އެދޭ ކަންކަންކަމަށް ލަފާ ދިނުމާއި މި ނޫނަސް ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުން މި ކޮމިޓީން ކުރަންޖެހޭނޭކަމަށް ބުނާ ކަންކަން ކުރުން ހިމެނެއެވެ.
"ޤައުމީ ތަރިކަ ކޮމިޓީ"ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- އަލްފާޟިލް މުޙައްމަދު ޠާރިޤް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް؛
- އަލްފާޟިލާ ޒިފްލީން ޙަސަން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސ
- އަލްފާޟިލް މުޙައްމަދު އާމިރު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް؛
- އައްޝައިޚް މޫސާ އަންވަރު ޙަސަން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ މުސާއިދު ވާއިޛް؛
- އަފްލާޟިލާ ޙައްވާ ނަޒްލާ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް؛
- އަފްފާޟިލް މުޙައްމަދު ޒާހިރު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ޑިރެކްޓަރ ޖެނެރަލް؛
- އަލްއުސްތާޛް މުޙައްމަދު ނާޖިހު، ފަންނާއި ސަގާފަތާއި ތަރިކައިގެ ވުޒާރާގެ ރިސަރޗް އެނަލިސްޓް؛
- އަލްފާޟިލާ ޒަހާ އަހުމަދު، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ އާކިޓެކްޓް؛
- އަލްފާޟިލް އަޙްމަދު ސުޖީތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕްރޮޖެކްޓް އިންޖިނިއަރ؛
- އަލްފާޟިލް ޢަބްދުﷲ އިޔާޒު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޕްލޭނިންގ އޮފިސަރ؛
- އަލްފާޟިލާ ނަސީމާ އަހުމަދު، ދިވެހިބަހުގެ ދާއިރާއަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް؛
- އަލްފާޟިލާ މަރިޔަމް އިޝާ ޢަޒީޒް، އާކިޓެކްޓް އަދި ލިޔުންތެރިއެއް
- އަލްފާޟިލް ޢަލީ ޝަރީފު، އާކިޓެކްޓެއް







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.