ހދ ހަނިމާދޫގައި ދަންޖެހިގެން ޒުވާނަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހަނިމާދޫ ސިއްޚީ މަރުކަޒުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ 11:30 އެހާކަންހާއިރު މީހަކު ދަންޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ސިއްޚީ މަރުކަޒުން އެތަނަށް ދިޔައިރު ދަންޖެހިފައި ހުރި މީހާ އޮތީ ނަގާފައި ކަމަށާއި، އަދި އޭނާ ވަނީ މަރުވެފައި ކަމަށެވެ. ހަނިމާދޫއިން ވާހަކަ ދެއްކި މީހަކު ބުނީ، އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގައި އުޅޭ އެހެން މީހަކަށް ކަމަށާއި، އޭނާ ދަންޖެހިފައި ހުރީ އޭނާ ދިރިއުޅޭ ގޭގެ ސިޓިންރޫމްގައި ކަމަށެވެ. މިމައްސަލައާ ގުޅޭ ގޮތުން ފުލުހުން ބަލަންޖެހޭ ކަންތައް ބެލުމަށްފަހު އާއިލާއަށް ހަށިގަނޑު ހަވާލުކޮށްފައިވަނީ ރޭ 1:40 އެހާކަންހާއިރުއެވެ.
ހަނިމާދޫގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

300 × 250






ޚިޔާލު (2)
މިކަހަލަ ހިތާމަވެރި ޚަބަރެއްޖަހާއިރު ހެވިފަ ހުރިމީހެއްގެ ފޮޓޯއެެއް އިސްތިހާރަކަށް ވިޔަސް ޖެހުމުން ކަމަކު ނުދޭ
ކީއްކުރާނީ އިސްތިހާރު ކުރެވިއްޖެއްޔާ އެނިމުނީނު