މާލެއިން 23 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މާލެއިން ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު، ޑޭޒީހިޔާ އަހުމަދު ވިޔާމް (23) ނަމަކަށް ކިޔާ ފިރިހެނެއް ކަމަށެވެ.
ފުލުހުން ވިދާޅުވީ ފެބްރުއަރީ 19 ވަނަ ދުވަހު އަހުމަދު ވިއާމް ވީނުވީއެއް ނޭގި ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ވިއާމް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު ވިއާމްގެ އެއްވެސް ޚަބަރެއް ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން އަޙްމަދު ވިއާމް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ނައިފަރު ޕޮލިސްގެ ނަންބަރު 9792187 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުންވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި އާއްމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.