ގދ މަޑަވެއްޔަށް ނިސްބަތްވާ އާމިނަތު ރަޝީދު، އަލިހާ / ގދ މަޑަވެލި، ސްޓްރޯކެއް ޖެހި ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށްފަހު މިވަގުތު ގެންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
ފިރިމީހާގެ ރަށުގައި ދިރިއުޅެމުންދާ އާމިނަތު ރަޝީދު އަކީ، 2 ދަރިން ބަލަހައްޓަމުން ދިރިއުޅުމުގެ މަސައްކަތްތަކުގައި ވަރަށްވެސް ބުރަކޮށް މަސައްކަތްކުރާ ހީވާގި ކަނބަލެކެވެ. އޭނާގެ ފިރިމީހާއަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. ފިރިމީހާއަށް ލިބޭ މުސާރަ ހޭދަކުރަނީ ދިރިއުޅުމުގެ ޚަރަދުތައްކޮށްފައި ދަރިންނަށް ކިޔަވައިދިނުމަށެވެެ.
އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ އާމިނަތުގެ އާއިލާއަށް ހީވެސް ނުކުރާފަދަ ހިތާމައެއް ލިބިގެންދިޔައީ މިމަހުގެ 13 ވަނަ ދުވަހު އާމިނަތުއަށް ސްޓްރޯކެއް ޖެހުމުންނެވެ. އެކަމަށް ފަރުވާހޯދުމަށް ވީއެންމެ އަވަހަކަށް މާލެ ގޮސް އާމިނަތުގެ ސިކުނޑީގެ އޮޕަރޭޝަނެއް 14 ވަނަދުވަހު ވަނީ ކޮށްފައެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން އާމިނަތު ރަޝީދުގެ ފިރިމީހާ މޫސާ ވަހީދު ބުނީ، މިމަހުގެ 13 ވަނަ ދުވަހު ސްޓްރޯކެއް ޖެހިގެން އާމިނަތު އެންމެ ފުރަތަމަ ގެންދިޔައީ އައިޖީއެމް ހޮސްޕިޓަލަށް ކަމަށާއި، ނަމަވެސް އެތަނުން އޮޕަރޭޝަން ނުކުރެވޭތީ އޭޑީކޭއަށް ބަދަލުކޮށްގެން އާމިނަތުގެ އޮޕަރޭޝަން 14 ވަނަ ދުވަހު ކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަން ކުރި ފަހުން އާމިނަތު އޮތީ އައިސީޔޫގައި ކަމަށްވެސް އޭނާ ބުންޏެވެ.
އާމިނަތުގެ ފިރިމީހާ މޫސާ ބުނީ، ހޮސްޕިޓަލުގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ މިވަގުތު ނެތް ކަމަށާއި، ހޮސްޕިޓަލް އިން އަދި ދޫކޮށްލާނެ ދުވަހެއް ނޭގޭ ކަމަށެވެ. އަދި އޮޕަރޭޝަން އަށް 15،000 ދިވެހި ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކޮންމެ ދުވާލަކަށް 1900 ދިވެހި ރުފިޔާ ނަގާނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ.
ވީމާ އާމިނަތުއަށް އެހީތެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ކިތަންމެ ކުޑަމިންވަރެއްގެ އެހީއެއް ވެދެއްވުމަކީ އައިލާގެ ވަރަށް ބޮޑު އެދުމެކެވެ.
އެހީތެރިވެދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުމަށް އާމިނަތުގެ އާއިލާއިން އެދެއެވެ.
7730000164086 (ދިވެހި ފައިސާ އެކައުންޓް) އައިޝަތު ނިއުމާ ރަޝީދު (ކޮއްކޮ)
7730000271178 (ޑޮލަރު އެކައުންޓު) މޫސާ ވަހީދު (ފިރިމީހާ)
ވައިބަރ ނަންބަރު: 7899115
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.