1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ދުވަސް ނުފުރާ ވިހެއި ތުއްތު ކުއްޖެއްގެ ތަފާތު ފޮޓޯ ގެލެރީއަށް ގިނަ ބަޔެއްގެ ސަމާލުކަމަށް

Rayan0
ރަޔަންގެ ފޮޓޯ ގެލެރީ- ފޮޓޯ: ސޯޝަލް މީޑިޔާ
ނަޞްރުﷲ އަފީފް
4,392ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާބަނޑުވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެ މުއްދަތުގެ ތެރޭގައި މައިމީހާއަށް ތަފާތު ގިނަ މައްސަލަތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މާބަނޑު މީހުންނަށް ކުރިމަތިވާ ބައެއް މައްސަލަތަކާއި ގުޅިގެން ބައެއްފަހަރު، ދުވަސް ނުފުރާ ދަރިފުޅު ވިހައެވެ. އަދި ދުވަސް ނުފުރާ ވިހާ ކުދިންނަށް ގިނަ ފަހަރަށް ތަފާތު އުދަނގޫ ބޮޑު ސިއްޙީ މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

ދުވަސް ނުފުރާ ވިހާ ކުދިންނަށް އާންމުކޮށް އެހެން ކުދިންނަށް ދޭންޖެހޭ ސަމާލުކަމަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހި، މައިންބަފައިންނާއި، އާއިލާގެ ސަމާލުކަން ލިބެއެވެ. މިފަދަ ކުދިން ގެންގުޅޭ އެހެން އާއިލާތަކާއި އެއްގޮތަށް މިއާއިލާއަކީވެސް، އެމީހުންގެ ދުވަސް ނުފުރާ ވިހާފައިވާ ދަރިފުޅަށް ވަރަށްބޮޑު ޚާއްސަ ސަމާލުކަމެއްދީގެން ގެންގުޅޭ އާއިލާއެކެވެ. ރަޔާން ވެސް ދުނިޔެއަށް އުފަންވީ 9 ހަފްތާ ކުރިންނެވެ. ވިހެއި އިރު، ބަރުދަނުގައި ހުރީ އެންމެ 1300 ގްރާމެވެ. އަދި ދުވަސްނުފުރާ ވިހެއުމުގެ ސަބަބުން، އެންއައިސީޔޫގައި 6 ހަފުތާ ވަންދެން ރަޔާން ބޭއްވުނެވެ.

ދަރިފުޅު ގިނަ ދުވަސްތަކަކަށް އެންއައިސީޔޫގައި ބޭއްވިފައި އޮތް އިރު، މެޓް މެކަލިން އަދި އޭނާގެ އަންހެނުން، ދަރިފުޅުގެ ބޮޑުވުމުންން ހުންނާނެ ގޮތަކާއި، އަދި ބޮޑުވެގެން ކުރާނީ ކޮންކަހަލަ މަސައްކަތެއްތޯ، ފަދަ ކަންކަމާއި ޚިޔާލު ބަދަލުކޮށް ވިސްނިއެވެ. އަދި މިމަޝްވަރާތަކުގެތެރެއިން، ދަރިފުޅުގެ ފޮޓޯ ގެލެރީއެއް ހަދާނެ ތަފާތު ގޮތަކާއި މެދު ވިސްނައި، މުޅިންތަފާތު ކޮންސެޕްޓެއް ގެނައުމުގެ ވިސްނުން ދެމަފިރިންނަށް އައެވެ. މިގޮތުން، އާންމު ދިރިއުޅުމުގައި މީހުން ކުރާ ތަފާތު މަސައްކަތް ދަރިފުޅުކުރާ ތަފާތު ކޮންސެޕްޓަކަށް ފޮޓޯ ގެލަރީއެއް ހަދައި އިންސްޓާގްރަމްގައި ހިއްސާކުރުމަށް ވިސްނިއެވެ.

300 × 250

މިތުއްތު ރަޔާންގެ ލޯބި ލޯބި ފޮޓޯތަކުން ސޯޝަލް މީޑިޔާގެ މޫނަށް ހިނިތުންވަނީ ގެނެސްދީފައެވެ. ރަޔާންގެ ގެލެރީގެ ތަފާތު ފޮޓޯ މީހުން ސޯޝަލް މީޑިޔާގައި ޝެއާކޮށްފައިވާއިރު، ގިނަބަޔަކު މިފޮޓޯތަކަށް ތަޢުރީފުކޮށްފައިވެއެވެ. ފެންނަ ފެނުމަށް ބައެއް ފޮޓޯތަކުން ކުޑަކުއްޖަކަށް ނުރައްކާ ވެދާނެގޮތަކަށް ބައެއް ފޮޓޯތައް ފެނިގެން ދިޔަނަމަވެސް، ރަޔާންގެ ބައްޕަ ބުނެފައިވާގޮތުން، ރަޔާންގެ ހުރިހާ ފޮޓޯ އެއްވެސް ނަގާފައިވަނީ، ވަރަށްބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކަމަށެވެ. އަދި ބައެއް ފޮޓޯތަކަކީ، ފޮޓޯޝޮޕް ބޭނުންކޮށްގެން، އެޑިޓް ކޮށްފައިވާ ފޮޓޯތައް ކަމުގައެވެ.

ރަޔާންގެ ގެލެރީގެ ފޮޓޯތައް ގިނަބަޔަކު ޝެއާކޮށް، އެހާބޮޑު މަޤްބޫލުކަމެއް ލިބިފައިވުމުން، ވަރަށްބޮޑަށް ހިތްހަމަޖެހޭކަމުުގައި މައިންބަފައިން ބުނެއެވެ.

Rayanaފޮޓޯ: ސޯޝަލްމީޑިޔާ

Rayana2ފޮޓޯ: ސޯޝަލްމީޑިޔާ

Rayana3ފޮޓޯ: ސޯޝަލްމީޑިޔާ

Rayana5ފޮޓޯ: ސޯޝަލްމީޑިޔާ

300 × 250

Rayana4ފޮޓޯ: ސޯޝަލްމީޑިޔާ

Rayana6ފޮޓޯ: ސޯޝަލްމީޑިޔާ

Rayana1ފޮޓޯ: ސޯޝަލްމީޑިޔާ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި