މާލެއިން ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފަސް ދުވަސް ފަހުން ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ، ޅ. ނައިފަރު/ ޑޭޒީހިޔާ، އުމުރުން 23 އަހަރުގެ އަޙްމަދު ވިއާމްއެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުން މިއަދު ބުނެފައިވަނީގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ވިއާމް (23އ) ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިފައިވާއިރު، އޭނާގެ ހާލު ރަނގަޅުކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.