ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ޔޫކްރެއިންގެ ފަތުރުވެރިންނަށް ހާއްސަ ވިސާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ވިދާޅުވެއްޖެއެވެ.
މިގޮތަށް ނިންމާފައިވަނީ، ރަޝިޔާއިން މިހާރު ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ކަމަށްވެސް އިމިގްރޭޝަންއިން ވިދާޅުވިއެވެ.
އެގޮތުން އޮން އެރައިވަލް ވިސާ ދީފައިވާ ފަތުރުވެރިން ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން މޯލްޑިވްސް އިމިގްރޭޝަންގެ އިމުގާ ޕޯޓަލް މެދުވެރިކޮށް ވިސާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އިމިގްރޭޝަން އިން ވިދާޅުވިއެވެ.
ރަޝިޔާއިން މިހާރު ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކުގައި އެގައުމަށް ދަނީ ގިނަ ގެއްލުން ތަކެއް ލިބެމުންނެވެ. އަދި އާންމުންގެ 200 އަށްވުރެ ގިނަ މީހުން ހަމަލާތަކުގައި މަރުވެފައިވާ ކަމަށާއި ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.