މާލޭގެ ގެއެއްގެ ތެރޭގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ހެންވޭރު ރަތްވިލާ ހިނގުމުގައި ހުރި ގެއެއްގެ ތެރޭ އަންހެނަކަށް އަނިޔާކުރާ އަޑު އިވިގެން ފުލުހުން އެގެއަށްވަދެ އަނިޔާކުރި ކަމަށްބުނާ މީހާ ހައްޔަރުކޮށްފައިވާ ަކަމަށެވެ.

އަންހެނަކަށް އަނިޔާކުރި މައްސަލައިގައި ހައްޔަރުކުރި ކަމަށްބުނާ މީހާގެ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ނަމަވެސް މިކަމާ ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭގޮތެއް ވަނީ ނުވެފައެވެ.