ވެރިކަންލިބި ހުރިހާ ބާރެއް ލިބުމުން، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާހުރެ އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން އެމްޑީޕީ މެމްބަރުންނާއި ސަރުކާރުގެ މުވައްސަސާތަކާއި ކުންފުނިތަކުގެ ވެރިން މިއަދު އުޅެމުން މިދަނީ ކޮން ފާޑަކަށްތޯ ބުނެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހުމަދު ނަސީމް ސުވާލު ކުރައްވައިފިއެވެ. މީކާއީލް މިހެން ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ނުފޫޒުފޯރުވަމުންދާ ކަމަށް ބުނެ އެމައްސަލަ ބައްލަވައިދެއްވުމަށް މިއަދު ބޭއްވި މަޖިލީހުގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެބައްދަލުވުމުގައި ލިބުނު ފުރުސަަތުގައި ވާހަކަ ދައްކަވަމުން މީކާއީލް ވިދާޅުވީ، އޭނާ މިއަދު ކަންބޮޑުވަނީ، މިގައުމުގައި އެންމެ ދުވަސްވީ އެންމެ ބިޔަ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ބަޔަކު މީހުން ހަދަމުންދާ ގޮތުން ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މަގާމްތަކުން މީހުން ވަކިކުރި މަންޒަރު ސިފަކޮށް މީކާއީލް ވިދާޅުވީ، މިއަދު މިފެންނަނީ ހަމަ އެމަންޒަރު ކަމަށެވެ.
އެމްޑީޕީ މެމްބަރުން އެދުވަހު އެވީ ގުރުބާނީ ބަލައިނުގަނެ. އެދުވަހު އެކުރެއްވި ކެމްޕެއިން ބަލައިނުގަނެ. މިއަދު އަޅުގަނޑުމެންނަށް އާރާއި ބާރާއި، ޖާހަތާއި ޝާހާއި ޝައުކަތު ލިބުނީމާ އަޅުގަނޑުމެން ކޮން ފާޑަކަށްތޯ މިއުޅެނީ! - މީކާއީލް ވިދާޅުވިއެވެ.
މީކާއީލް އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައިވެސް މިފަދަ ކަންތައް ހިނގައިދިޔަ ކަމަށާއި، ތާރީޚު މިދަނީ އިޔާދަވަމުން ކަމަށެވެ. އަދި ގަދަވާނީ އިޚްލާސްތެރިން ކަމަށާއި، ދެގޮތެއް ނުވެ އުސޫލުގައި ހިފައްޓާ މީހުންކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.