1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ޔޮގިނޯސް ޔޯގަޓްގެ ރަހަބަލާލުމުގެ ފުރުޞަތު "އޯގަދަ" އިން އަބޫބަކުރު ސްކޫލްގެ ދަރިވަރުންނަށް

Oh Gadha4
އޯގަދަ އިން އަބޫބަރު ސްކޫލްގައި، ދަރިވަރުންނަށް ޔޯގަޓް ބެހުމުގެ ހަރަކާތުގެ ތެރެއިން
ސާއި ޢަލީ
4,972ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖާމަންގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ، ޔޮގިނޯސް ބްރޭންޑްގެ ޔޯގަޓް، ރަހަބަލާލުމުގެ ފުރުޞަތު "އޯގަދަ" އިން، ތިނަދޫގައި ހިންގާ ޕްރައިމަރީ ސްކޫލެއް ކަމުގައިވާ، އަބޫބަކުރު ސްކޫލްގެ ދަރިވަރުންނަށް މިއަދު ވަނީ ފޯރުކޮށްދީފައެވެ. އޯގަދަ އަކީ ޔޮގިނޯސްގެ ހުވަދު އަތޮޅުގެ ސޯލް ޑިސްޓްރިބިއުޓަރ ވެސް މެއެވެ. ތިނަދޫ އަބޫބަކުރު ސްކޫލްގެ ގްރޭޑް 3 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް ޔޮގިނޯސް ޔޯގަޓް ހަދިޔާކުރުމުގެ ގޮތުން، މިއަދު ހެނދުނު އެސްކޫލްގައި ކުރިޔަށް ގެންދެވުނު ޚާއްސަ ހަރަކާތުގައި ބައިވެރިވި، އޯގަދަ މާކެޓިންގ ޓީމުން ބުނެފައިވަނީ، ޖާމަންގެ ޔޮގިނޯސް ޔޯގަޓް ރަހަބަލާލުމުގެ ފުރުޞަތު ހުވަދު އަތޮޅުގެ ހުރިހާ ޕްރައިމަރީ ސްކޫލަކަށް ދިނުމަށް އެކުންފުނިން ވިސްނާފައި ވާކަމަށެވެ. މިގޮތުން، މިއަދު ތިނަދޫ އަބޫބަކުރު ސްކޫލްގައި މިގެންދެވުނު ހަރަކާތަކީ، ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ޔޮގިނޯސް ޔޯގަޓް ރަހަބަލާލުމުގެ ފުރުޞަތުގެ ފެށުން ކަމުގައެވެ.

Oh Gadha

އޯގަދަ މާކެޓިންގ ޓީމްއިން މައުލޫމާތުދޭގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި، އޯގަދަ މާކެޓިންގ ޓީމުން ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގެ ގްރޭޑް 3 އިން ފެށިގެން ދަށް ގްރޭޑްތަކުގެ ކުދިންނަށް ޔޮގިނޯސް ޔޯގަޓް ރަހަބެލުމުގެ ފުރުޞަތު ފޯރުކޮށްދޭނެއެވެ. މިއީ އެކުންފުނީގެ ވަރަށްބޮޑު އަމާޒެއްކަމުގައި އެކުންފުނިން ދެކެއެވެ. އޯގަދަ އަކީ، މުޅި ހުވަދު އަތޮޅަށް އަމާޒުކޮށްގެ ފުޅާދާއިރާއެއްގައި ހޯލްސޭލް މުދާ ވިއްކަމުން އަންނަ ތިނަދޫގެ ވިޔަފާރި ކުންފުންޏެކެވެ. އަދި މިއީ ހުވަދު އަތޮޅުގައި ފުރަތަމަ ރަޖިސްޓްރީ ކުރެވުނު ހޯލްސޭލް ވިޔަފާރި ކަމުގައި އެކުންފުނިން މަޢުލޫމާތު ދެއެވެ. އޯގަދަ އަކީ ނަމުންވެސް ތަފާތު، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ވިޔަފާރި ކުރަމުން އަންނަ ވިޔަފާރީގެ ތަޖުރިބާ ބޮޑު ކުންފުންޏެކެވެ. އޯގަދަ ކުންފުނީގެ މާކެޓިންގ އެންޑް ފައިނޭންސް ކޮންޓްރޯލާ، އަޒްމީލް އަޙުމަދު، ހުވަދޫ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، އޯގަދައިން އަބަދުވެސް، ސްކޫލްތަކާއި ވަރަށްބޮޑު ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށެވެ. އަދި ފުރުޞަތު ލިބޭ މިންވަރަކުން ސީއެސް އާރު ގެ ދަށުން، ހުވަދު އަތޮޅުގެ ސްކޫލްތަކަށް ތަފާތު ކަންކަމުގައި އެހީތެރިކަން ދެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

300 × 250
Oh Gadha1

އޯގަދަ އިން އަބޫބަރު ސްކޫލްގައި، ދަރިވަރުންނަށް ޔޯގަޓް ބެހުމުގެ ހަރަކާތުގެ ތެރެއިން 2006 ވަނަ އަހަރު ތިނަދޫގައި އޯގަދަ ކުންފުނިން ހުޅުވި، އެކުންފުނީގެ ދެވަނަ ފިހާރަކަމުގައިވާ "ނިކަންގަދަ" ފިހާރަޔަކީ، ހޯލްސޭލް ވިޔަފާރިއަށް ޚާއްސަކޮށްގެން ތިނަދޫގައި އަދި މުޅި ހުވަދު އަތޮޅުގައިވެސް ހުޅުވިގެން ދިޔަ ފުރަތަމަ ފިހާރަވެސް މެއެވެ. ފުޅާ ދާއިރާއެއްގައި ހުވަދު އަތޮޅުގެ ހުރިހާ ރަށަކަށް ނިކަންގަދަ އިން އަންނަނީ މުދާ ހޯލްސޭލް ކުރަމުންނެވެ. ނިކަންގަދަ ފިހާރައަކީ، ތިނަދޫ ބަދަރު ސަރަހައްދުގައި، އެސްޓީއޯގެ ކައިރީގައި، ތާރު މަގުގައި ހުންނަ ފިހާރައެކެވެ. ނިކަން ގަދަ ހޯލްސޭލް ފިހާރައިން، ތަފާތު ބާވަތްތަކުގެ ޑެއިލީގުޑްސް، ދަތުރުވެރިންނަށް ފަސޭހަކަމާއެކު، އެއްތަނަކުން ލިބެން ހުރެއެވެ. ބައްލަވައިގަންނަ ހުރިހާ މުދަލެއް، ފެރީއަށް ނުވަތަ ގެއަށް ޑެލިވަރީ ކުރުމުގެ ޚިދުމަތްވެސް، ނިކަންގަދަ ފިހާރައިން ފޯރުކޮށްދެއެވެ. ތަފާތު ބްރޭންޑްތަކުގެ އޮރިޖިނަލް ތަކެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ، އޯގަދަ ކުންފުނީގެ ވަރަށްބޮޑު އަމާޒެކެވެ. އާންމުކޮށް ގޭގެއަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދާ، ތަފާތު ކިރުގެ އުފެއްދުންތައް، ދޮންނަކުނޑި އަދި ފާޚާނާ ސާފުކުރުމަށް ބޭނުންވާ ސާމާނު، ހޯލްސޭލްކޮށް ނިކަންގަދަ އިން ލިބެން ހުންނާނެއެވެ. މުދާ ބައްލަވައިގަންނަން، ތިނަދޫއަށް އައުމުގެ ބަދަލުގައި، އޯގަދަ ނަންބަރަށް ވައިބަރ މެސެޖްކޮށްލެއްވުމުން، ބޭނުންވާ ކޮންމެ މުދަލެއްގެ އަގު ބަލާލެވި، ފައިސާ ދެއްކުމުން، ފެރީއަށް ޑެލިވަރީ ކުރުމުގެ ޚިދުމަތްވެސް ލިބިގެންދާނެއެވެ. މިގޮތުން އޯގަދަ ވައިބަރ ނަންބަރު، 7754629 އަށް ވައިބަރ އިން މެސެޖްކުރެއްވުމުން، ނުވަތަ ގުޅުއްވުމުން، އޯގަދައިން ވިއްކާ ތަފާތު މުދަލުގެ އަގު ބަލާލެވޭނެއެވެ. އޯގަދަ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ، ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ކޮލިޓީ ފެންވަރު ރަގަނޅު އުފެއްދުންތަކެއް މުޅި ހުވަދު އަތޮޅަށް އަމާޒުކޮށްގެން ހޯސޭލް ކުރުމަށެވެ. އޯގަދައިގެ ކޮންމެ ޕްރޮޑަކްޓަކީ، ބައްލަވައިގަންނަ ކަސްޓަމަރުން، ބޭއިޚްތިޔާރުގައި އޯގަދަ ބުނެލެވޭ ފެންވަރުގެ ޕްރޮޑަކްޓަކަށް ހެދުމެވެ. ތަފާތު ޕްރޮޑަކްޓް ތަކުގެ އަގު ބަލައި، އާ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދެނެގަތުމަށް އޯގަދަ ކޮމިއުނިޓީ ވައިބާ ގްރޫޕާއި ގުޅިވަޑައިގަތުމަށް ތިރީގައިވާ ލިންކް އިޚްތިޔާރު ކުރައްވާށެވެ.

https://invite.viber.com/?g2=AQABNIIo2%2FLTSU1wlO7Oe%2FWMxDWMiSNNA6lgFyGDVQlfYTvnW8CCEq%2B6KI5KSUGN

ކަސްޓަމަރުންނަށް އޯގަދަ ބުނެލެވޭ ފެންވަރު ރަނގަޅު ކޮލިޓީ އުފެއްދުންތައް އަބަދުވެސް އޯގަދައިން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އޯގަދަ ކުންފުނިން ދީފައިވެއެވެ. ވިޔަފާރީގައި އިތުބާރު ކުރެވޭ، ތަޖުރިބާ ހުރި، ފެންވަރު ރަނގަޅު ކޮލިޓީ ތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ހޯއްދެވުމަށް އޯގަދަ އިޚްތިޔާރުކުރެއްވުން ކިހިނެއް ވާނެތޯއެވެ؟ ހަޤީޤަތުގައިވެސް އޯގަދަ ތަކެތި ވަރަށް ގަދަވާނެ އެވެ. އަދި ހޯލްސޭލްކޮށް ނިކަންގަދަ އިން ލިބޭނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި