1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

"ޑެއިޒީ ކަލެކްޝަން" ހުޅުވުން: ނަޝީއާއި ނާފީގެ ހުވަފެން ހަގީގަތަކަށް

photo_2022-03-04 22.07.52
މިރޭ ތިނަދޫގައި ހުޅުވި ޑެއިޒީ ކަލެކްޝަން ފިހާރަ
މުހައްމަދު އަޚްތަރު
1,357ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

"ޑެއިޒީ ކަލެކްޝަން"ގެ ނަމުގައި ގދ ތިނަދޫގައި ޕާޓީތަކަށް ޚާއްސަ ފިހާރައެއް މިރޭ ހުޅުވައިފިއެވެ.

ތިނަދޫގައި ހުޅުވި މިފިހާރައަކީ ޕާޓީތައް ޑެކަރޭޓު ކުރުމަށް ބޭނުންވާ އެކި ސާމާނުގެ އިތުރުން ޕާޓީ ކޭކާއި ޑެޒަރޓްސް ވިއްކާގޮތަށް ހުޅުވި ފިހާރައެކެވެ. މިފިހާރައިން ޕާޓީއެއް ޑެކަރޭޓު ކުރުމަށް ބޭނުންވާ އެކި ސާމާނުގެ އިތުރުން ކަސްޓަމައިޒްޑް ޕްރޮޑަކްޓްތައްވެސް ލިބެން ހުންނާނެއެވެ.

photo_2022-03-04 22.07.15ޑެއިޒީ ކަލެކްޝަން އިން ލިބެން ހުންނަ ބައެއް ތަކެތި

300 × 250

އެގޮތުން މިރޭ ފިހާރަ ހުޅުވުމަށްފަހު ވަނީ އެތަނުން ލިބެން ހުންނަ ކޭކާއި ޑެޒަރޓްސްގެ ރަހަބަލާލުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެމުން ޑެއިޒީ ކަލެކްޝަންގެ ވެރިޔާ އައިޝަތު ނާފިޒާ ބުނީ، އެފިހާރައިން އެއް ތަނަކުން ޕާޓީތައް އަދި އެހެނިހެން ހަފްލާތައް ޑެކަރޭޓު ކުރުމަށް ބޭނުންވާ ބެނާސް ތަކާއި، ބެކްޑްރޮޕްތައް ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ޑިޒައިންކޮށް ފަރުމާކޮށްދެވޭނެ ކަމަށެވެ.

photo_2022-03-04 22.06.54ޑެއިޒީ ކަލެކްޝަން އިން ލިބެން ހުންނަ ބައެއް ތަކެތި

އޭގޭ އިތުރުން ހުވަދު އަތޮޅުގެ ރަށްތަކުންވެސް އޯޑަރު ކުރުމުން ފެރީއަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށްވެސް ނާފިޒާ ބުންޏެވެ.

އިތުރު ތަފްސީލު ދެމުން ނާފިޒާ ބުނީ، މިރޭ ހުޅުވިގެން ދިޔަ މި ފިހާރައަކީ އޭނާއާއި އޭނާގެ ކޮއްކޮ ފާތިމަތު ނަޝީދާ ދެމީހުން ގޭގައި ކުރަމުން ގެންދިޔަ މަސައްކަތް އިތުރަށް ފުޅާކޮށް ރަގަޅު ފެންވަރުގައި ހިދުމަތް ދިނުމަށް ހުޅުވުނު ތަނެއް ކަމަށާއި، މީގެ ކުރިން އެޚިދުމަތް ދެމުން ގެންދިޔައީ ވައިބަރ ގްރޫޕެއް މެދުވެރިކޮށް ކަމަށެވެ.

photo_2022-03-04 22.21.26

ތިނަދޫ ތިބިޔާން ލަރނިންގ ސެންޓަރ ކުރިމަތީގައި ހުޅުވި މިފިހާރައަކީ ޕާޓީތަކާއި ހަފްލާތަކަށް ޚިދުމަތާއި ތަކެތި ވިއްކުމަށް ހާއްސަކޮށްގެން ހުޅުވުނު މިފަދަ ފުރަތަމަ ފިހާރައެެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި