1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ކޮކާކޯލާ އާއި މެކްޑޯލަންޑްސް ބޮއިކޮޓް ކުރަން ގޮވާލައިފި

istockphoto-458658579-612x612
ޢަޒީޒާ އަފީފް
783ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކޮކާ ކޯލާ އަދި މެކްޑޯނަލްޑްސްއިން ރަޝިޔާއަށް ޚިދުމަތް ދެމުންދާތީ އެދެކުންފުނި ބޮއިކޮޓް ކުރަން މީސްމީޑިޔާގައި ގޮވަން ފަށައިފިއެވެ.

ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ގިނަ ކުންފުނިތަނުން ވަނީ ރަޝިޔާއަށް ޚިދުމަތްދިނުން ހުއްޓާލާފައެވެ. އެހެންނަމަވެސް މިދެކުންފުނިން އަދިވެސް ރަޝިޔާއަށް ޚިދުމަތް ދެމުންދާތީ ދެކުންފުނި ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ދަނީ މީޑިޔާގައި ގޮވަމުންނެވެ.

މެކްޑޮނަލްޑްސްގެ 800 އަށްވުރެ ގިނަ އައުޓްލެޓް ރަޝިޔާގައި ހުންނައިރު ހުރިހާ އައުޓްލެޓަކުން ދަނީ ރަޝިޔާއަށް މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދެމުންނެވެ.

300 × 250

ކޮކާކޯލާ އަދި މެކްޑޮނަލްޑްސްގެ އިތުރުން ކޭއެފްސީ، ޕެޕްސީ، ސްޓަރބަކްސް، އަދި ބަރގަރ ކިންގްގެ އައުޓްލެޓްތައް ބަންދުކުރުމަށްވެސް ގިނަބަޔަކު ދަނީ ގޮވާލަމުންނެވެ. އެކުންފުނިތަކުން ރަޝިޔާ ކުށްވެރިނުކޮށް ޚިދުމަތްތައް ދަނީ އަދިވެސް ފޯރުކޮށްދެމުންނެވެ.

ރަޝިޔާއިން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް، ރަޝިޔާއަށް ހިދުމަތްދިނުން ހުއްޓާލައިފައިވާ ވިޔަފާރިތަކުގެ ތެރޭގައި، އެޕަލް، ނެޓްފްލިކްސް، ޖަގުއަރ ލޭންޑް ރޯވާ، ކްރެޑިޓް ކާޑް ކުންފުނި ވިސާ އަދި މާސްޓަރ ކާޑުގެ އިތުރުން، ފެޝަން ބްރޭންޑް ޒާރާ އަދި ލީވައި ޖީންސް ހިމެނެއެވެ.

އަދި މީސްމީޑިޔާގެ ބައެއް އެޕްތައް ހިންގާ ކުންފުނިތަކުންވެސް ވަނީ ރަޝިޔާއިން ޔުކްރެއިނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ބައެއް ހިދުމަތްތައް ދިނުން ހުއްޓާލައިފައެވެ. އޭގެތެރޭގައި ފޭސްބުކް، ޓްވިޓަރ އަދި އިންސްޓަރގްރާމްފަދަ މީޑީޔާތައް ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި