މާފުށީ ޖަލާ ދިމާ މޫދުގައި މަރުވެފައި އޮއްވައި ފެނުނީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅުނު މީހެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. މިދިޔަ ހުކުރު ދުވަހު މާފުށީ ޖަލު ކައިރީ މޫދާދިމާލުގައި މަރުވެފައި އޮއްވައި 33 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފެނިފައެވެ. އެމީހާ މޫދުން ނެގި އިރުވެސް އޮތީ މަރުވެފައެވެ. އެމީހާ މަރުވީ މާފުށީ ޖަލުގައި ތިބި ސެކިއުރިޓީ މީހުން ގާ އުކުމުން ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން ޖަވާބެއް ދީފައެއް ނުވެ އެވެ. މަރުވެފައިވަނީ 33 އަހަރު ދިވެހި ފިރިހެނެއްކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެ މަރުވި މީހާގެ ވަނަވަރު ހާމަކޮށްފައިނުވެއެވެ. އެހާދިސާއާއި ގުޅިގެން ފުލުހުން މިއަދު ބުނީ އެ ހާދިސާ ހިނގާފައިވަނީ ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅުމުގެ ތެރޭގައި ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އަދި މިހާތަނަށް ފުލުހުން ދީފައެއް ނުވެއެވެ.
"ޙާދިސާ ހިނގާފައިވަނީ ޖަލަށް ފޯނުތަކެއް އެތެރެކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ." ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މިައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.