ރައްޔިތުންގެ މަޖިލީހުގެ ނަން، "މެމްބަރުންގެ މަޖިލިސް" އަށް ބަދަލުކޮށްދޭން އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދައުރު ނިމުމުންވެސް އެމެމްބަރުންގެ އަނބިދަރިންނަށް ހެލްތު އިންޝުއަރެންސް ދޭން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެންނެވެ.
އެގޮތުން އަލީ ރަމީޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، މަޖިލިސް މެމްބަރުން އަމިއްލައަށް މުސާރައާއި އިނާޔަތްތައް ކަނޑައަޅައި ފާސްކޮށް، މެމްބަރުންނާއި މެމްބަރުންގެ އާއިލާތަކަށް އިނާޔަތްތައް ކަނޑައަޅައި ފާސްކުރަންވީ ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ނަން، މެމްބަރުންގެ މަޖިލީހަށް ބަދަލުކޮށްދިނުމަށެވެ.
މަޖިލީހަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ބައެއް މެންބަރުން، އެ މެންބަރުގެ އަނބިމީހާ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން އެ މެންބަރުން އަމިއްލަފުޅަށް ޕްރިމިއަމް ދައްކަވައިގެން އެ މެންބަރުންނަށް ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދޭ ހެލްތް އިންޝުއަރަންސް ސްކީމްގައި ބައިވެރިކޮށްދެއްވުމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.