1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ގޭތެރޭގައި އެކި މަސައްކަތްތަކުގައި ގިނައިން އުޅޭކުދިން ދިރިއުޅުމުގައި މާބޮޑަށް ކާމިޔާބު

kids learning
ތުއްތު ކުއްޖަކު، ގޭތެރޭގެ މަސައްކަތުގައި އުޅޭ މަންޒަރު
ނަޞްރުﷲ އަފީފް
1,024ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގޭތެރޭގެ ތަފާތު އެކި މަސައްކަތް ކުރުމަކީ ގިނަ ކުދިން އެހާ ގަޔާވާ ކަމަކަށް ނުވިޔަސް، ގޭތެރޭގެ ކުރަންޖެހޭ ތަފާތު ކުދި ކުދި މަސައްކަތްތައް އަހަރަމެންނަށް އަންދާޒާ ނުކުރެވޭ ވަރަށް ކުދިންނަށް މުހިންމެވެ. އަމިއްލަ ދަރިން ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ހަދަން ބޭނުން ނަމަ، ގޭތެރޭގެ ތަފާތު އެކި މަސައްކަތްތައް ދަރިންނާއި ހަވާލުކޮށް، ތަފާތު އެކި ކަންކަމުގައި ޒިންމާ ނަގަން އެކުދިންނާއި ހަވާލު ކުރެވިދާނެއެވެ. މިއީ އޭގެ ސަބަބުން އެކުދިންނަކީ ދިރިއުޅުމުގައި ކާމިޔާބު ކުދިންތަކަކަށް ހެދުމަށް އެޅިގެންދާނެ ހަރުދަނާ ބިންގަލެއްވެސް މެއެވެ.

ދާދި ފަހުން ޓެޑް ޓޯކް އޮފް ދަ ޖޫލީ ލިތުކޮޓް-ހައިމްސް ނަމަކަށް ކިޔާ އަންހެނެއްގެ ވާހަކަ ފެނިގެން ގޮސްފައިވެއެވެ. އޭނާ އަކީ ސްޓޭންފޯޑް ޔުނިވާސިޓީގެ ފްރެޝްމޭންގެ ކުރީގެ ޑީންއެއްގެ އިތުރުން ލިޔުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައިވާ މީހެކެވެ. ޖޫލީ ގަބޫލުކުރާ ގޮތުގައި އޯވަޕޭރެންޓިން އާ ނުލައި ކާމިޔާބު ކުދިން ތަރުބިއްޔަތު ކުރެވިދާނެއެވެ. ޖޫލީ ޤަބޫލުކުރާ ގޮތުގައި މިއީ ގިނަ ބެލެނިވެރިން ދަސްކުރަންޖެހޭ ކަމެކެވެ.

ޕޭރެންޓިން އާ ގުޅޭ ގޮތުން ޖޫލީ އޭނާގެ ވެބްސައިޓްގައި ލިޔެފައިވަނީ:

300 × 250

ޖޫލީ ބުނެފައިވާގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ސަތޭކަ ބެލެނިވެރިންނާ ވާހަކަ ދެއްކުމަށްފަހު، ދަރިން ތަރުބިއްޔަތު ކުރުމާއި ގުޅޭގޮތުން ތަފާތު ކަންކަން އެނގިގެން ދިޔައެވެ. މައިންބަފައިންނަކީ އިންސާނުންގެ ތެރެއިން ވަރަށް ނަސީބު ވެރި ބަޔަކަށްވުމުގެ އިތުރުން، ކުޑަކުއްޖެއް ތަރުބިއްޔަތުކޮށް، ބޮޑުކުރުމުގެ މަތިވެރި ޒިންމާ އުފުލަންޖެހިފައިވާ ފަރާތްވެސް މެއެވެ. މައިންބަފައިން ކުރަންޖެހިފައިވާ ކަމަކީ، ދަރިންނާއި އެކީގައި ތިބެ، އެކުދިންނަށް މަގު ދައްކައިދީ، ހިތްވަރު ދޫނުކޮށް ހިތްމަތް ކުރަން ދަސްކޮށްދީ،  ދަރިން ބޮޑުކޮށް، ކެތްތެރިވާން ދަސްކޮށްދީ، ކާމިޔާބީ ހާޞިލް ކުރުވުމެވެ.

އެހެން ނަމަވެސް މިފަހަކަށް އައިސް އަހަރަމެންނަށް ޤަބޫލުކުރެވެނީ، ކުއްޖާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް، މައިންބަފައިން ކޮންޓްރޯލްކޮށްދީގެން ނުވަތަ ކުއްޖާގެ ހުރިހާ ކަމެއް މައިންބަފައިން ބޭނުންވާގޮތަކަށް ބަދަލުކުރުމުން، ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެވުނީ ކަމަށެވެ. އަހަރަމެންނަށް ހީވަނީ ދަރިންގެ ހުރިހާ ކަމެއްވެސް އަހަރަމެންނަށް ވަރަށް ރަނގަޅަށް އެނގޭހެންނެވެ. ނަމަވެސް ހިތާމަޔާއެކު ދެންނެވޭނީ، ދަރިން ތަރުބިއްޔަތު ކުރުމުގެ ޕްރޮސެސް ނިމެނީ، އެކުދިންގެ ކިބައިން، އަމިއްލަ ފުދުންތެރިކަން ތަރައްގީކުރުމަށް އެކުދިންނަށް ދޭންޖެހޭ ފުރުޞަތު އެކުދިންގެ އަތުން ނިގުޅައިގަނެގެންނެވެ. އަދި އޭގެ ސަބަބުން އެންޒައިޓީ އާއި ޑިޕްރެޝަން އަށް އެކުދިންނަށް މަގުފަހިވެއެވެ. އެހެންކަމުން، އަހަރަމެންގެ ޢަމަލުތައް އެއްހަމައަކަށް ގެންނަންއެބަޖެހެއެވެ. ބޮޑެތި މީހުންގެ ގޮތުގައި ކުރިއެރުމަށްޓަކައި އެކުދިންނަށް ބޭނުންވާނެ ހުނަރުތަކާއި ސްމާޓްކަން ކުރިއެރުވުމަށްޓަކައި އަހަރަމެން އަހަރަމެންގެ ތުއްތު ކުދިންނަށް ފުރުޞަތު ދީ، އެކުދިންގެ މަގުން އެއްކިބާވެ، ދިރިއުޅުމުގައި ތަފާތު ކަންކަމުގައި ގޮތް ނިންމަން ފުރުޞަތު ދޭންޖެހެއެވެ.

ޖޫލިޔާ ފާހަގަކޮށްފައިވާ ގޮތުގައި، ބޮޑެތި މީހުންގެ ގޮތުގައި ކާމިޔާބު ކުދިން ތަރުބިއްޔަތު ކުރުމުގެ ވާހަކަ ދައްކާއިރު، ގޭތެރޭގެ މަސައްކަތްތަކަކީ މުހިންމު ކަންކަމެވެ. މިއީ އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ވެސް ޙަޤީޤަތް އެނގެން އޮތް ކަމެކެވެ. ހާވާރޑް ގްރާންޓް ސްޓަޑީ، އިން އެނގޭގޮތުގައި، ކުދިންގެ ގޮތުގައި އިތުރު މަސައްކަތްތައް ކުރާ މީހުންނާއި، ގޭތެރޭގެ މަސައްކަތްތައް ކުރާ މީހުން، ޙަޔާތުގައި ފަހުން މާ އުފާވެރިކަން ލިބެއެވެ. މިއީ ގިނަ ގޮތްގޮތުން ކާމިޔާބީއާ ގުޅިފައި އޮންނަ ކަމެއް ކަމުން، އުފަލުގައި އުޅޭ މީހުންނަކީ ވެސް ގިނަ ފަހަރަށް ކާމިޔާބު މީހުންނަށް ވެއެވެ.

މިހުރިހާ ކަމެއް މިހެން ހުރުމާއެކު، އަމިއްލަ ނަފްސަށް ވަގުތު ދޭން ދެކޮޅު ހަދާ ދަރިންނާއި އެހެން މައިންބަފައިންނަށް ގޭތެރޭގެ މަސައްކަތްތައް ހަވާލުކުރަން ދެކޮޅު ހަދާ މައިންބަފައިން ތިބުންވެސް އެކަށީގެން ވެއެވެ. ކުޑަކުއްޖެއްގެ ގޮތުގައި ތިބާ ގޭތެރޭގެ ތަފާތު މަސައްކަތްތައް ކުރިން ހެއްޔެވެ؟ އަދި އެ މަސައްކަތްތަކުން ތިބާއަށް ތިބާގެ ދިރިއުޅުމުގައި ކާޟިޔާބު މީހަކަށް ވުމަށް އެހީތެރިވެދިން ހެއްޔެވެ؟ މިއީ އަމިއްލަ ނަފުސާއި ކޮށްލުން ރަނގަޅު ސުވާލެކެވެ. ޖޫލިޔާގެ ޓެޑް ޓޯކް ޝޯވް އިން އިތުރު މައުލޫމާތު ހޯދެއްވުމަށް ވީޑިއޯ ބައްލަވާ ލައްވާށެވެ.

https://www.youtube.com/watch?v=CyElHdaqkjo

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި