1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންތިގެ ކެމްޕޭން ޓީމް ތިނަދުއަށް

275790185_3112884155592394_24467656208329252_n
އިންތިގެ ކެމްޕޭން ދަތުރުގެ ތެރެއިން މިއަދު ވަނީ ތިނަދޫއަށް ވަޑައިގެންފައި
އައިޝަތު ޝިރުފާ
419ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީ (އިންތި) ކެމްޕޭން ދަތުރެއްގައި ގދ.ތިނަދުއަށް މިއަދު ވަޑައިގެންފިއެވެ.

އެމްޑީޕީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު މީގެ ކުރިން ބާއްވަން ހަމަޖެހިަފއިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް  ރޯދަ މަހާ ދިމާވާތީ މިހާރު ވަނީ މެއި 14 އަށް ފަސްކޮށްފަ އެވެ.

މިއަދު ހެނދުނު ފެއްޓެވި ކެމްޕޭން ދަތުރުގައި އިންތި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގދ. ނަޑެއްލާ އަށެވެ. އޭނާގެ މިދަތުރުގައި ގއ. އަދި ގދ.އަތޮޅުގެ ރަށްތަކަށް ވެސް ދަތުރު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

300 × 250

އިންތިގެ ކެމްޕޭންގެ މިދަތުރުގައި އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒްވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިންތިގެ ކެމްޕޭން ޓީމް މިއަދު ހުވަދު އަތޮޅަށް ވަޑައިގެންފައިވާއިރު، މި ކެމްޕޭން ދަތުރުގައި މިހާތަނަށް ވަނީ ކ،އަތޮޅުގެ ބައެއް ރަށްރަށުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކަށްވެސް ވަޑައިގެންފައެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި