1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖަޕާން ބިންހެލުމާއި ގުޅިގެން ސުނާމީގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުފެނޭ - މޫސުމާއިބެހޭ އިދާރާ

FN-y4WlXsAEi_Bq
ސާއި ޢަލީ
465ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޖަޕާނަށް މިރޭ އައި ދެބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައިވާއިރު، އޭގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނި ގޮތުގައި، ޖަޕާނުގެ ހޮންސޫގެ އައްސޭރިފަށަށް މިރޭ އައި ބިންހެލުމަކީ 7.3 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެއް ކަމަށާއި ބިންހެލުން އައިސްފައިވަނީ ހަނިމާދޫއާއި 7653 ކިލޯމީޓަރު ދުރުން ކަމަށެވެ.

https://twitter.com/MetMaldives/status/1504109357545697281

300 × 250

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖަޕާނުގެ އުތުރުގެ ފުކުޝީމާގެ އައްސޭރިފަށަށް ވެސް ބިންހެލުމެއް ވަނީ އައިސްފައެވެ. އެގޮތުން 7.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެކެވެ. އަދި މިބިންހެލުމުގެ އަސަރު ބައެއް ސަރަހައްދުތަކަށް ކޮށްފައިވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި ކަމަށްވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިލަކް އެޖެންސީއިން ބުނީ، މިބިންހެލުން އައިސްފައިވަނީ ކަނޑުގެ 60 ކިލޯމީޓަރު އަޑިން ކަމަށެވެ.

ޖަޕާނުގެ މީޓިއޮރޮލޮޖިލަކް އެޖެންސީއިން ސުނާމީގެ އިންޒާރު ނެރެފައިވަނީ މިޔާގީ އާއި ފުކުޝީމާ ޕްރިފެކްޗާގެ ބައެއް ސަރަހައްދުތަކަށް 1 މީޓަރު (3 ފޫޓު) ކަނޑުގެ ލޮނުގަނޑު އުފުލޭނެ ކަމަށް ލަފާކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި