ރައިސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު، އުފައްދަވާފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަން މިއަދު އުވާލައްވައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރި ވެގެން، އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވާތީ އެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަޤުޞަދުގައި އުފެއްދެވި ކޮމިޝަނެކެވެ.
މި ނޫސްބަޔާނުގައިވާގޮތުން މި ކޮމިޝަން އުވާލެއްވުމާއެކު މި ކޮމިޝަނުން ކުރަމުން އައި މަސައްކަތް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.