އައްޑޫސިޓީ ލިންކްރޯޑްގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ރުކަކަށް އަރައި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެއެކްސިޑެންޓް ހިނގާފައިވަނީ، ހިތަދޫއިން ގަމާއި ވީ ފަޅިއަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައި އެސަރަހައްދުގައި ހުރި ރުކަކަށް އަރައިގެންނެވެ.
އެކްސިޑެންޓްވި އިރު ކާރުތެރޭގައި ތިބީ ދެމީހުން ކަމަށާއި، އެއީ އަންހެނަކާއި ފިރިހެނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިއެކްސިޑެންޓްގައި ކާރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.