ގާފަރު ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި، މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާ އަކީ، މިދިޔަ ބުދަ ދުވަހު ގާފަރުގައި ހިންގާ ގެސްޓްހައުސް އަކަށް ޗެކިން ވި އަންހެނެކެވެ. އޭނާ މިއަދު ކޮޓަރިން ނުނިކިމެގެން އެކަން ފުލުހުންނަށް އެންގުމުން ފުލުހުން ގޮސް ބެލި އިރު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށާއި، ކަރަށް ވަޅި ހަރާފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ، އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންހެނެކެވެ.
އަންހެންމީހާގެ ހަށިގަނޑު މިހާރު އޮތީ އެރަށު ސިއްހީ މަރުކަޒުގައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، ކ. ގާފަރު ގެސްޓްހައުސް އެއްގައި އަންހެނަކު ނިޔާވެފައި އޮތްކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާވަރަކަށް ހިއްސާކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.