ކ. ތުލުސްދޫގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މޫދަށް ގޮސް އުޅެނިކޮށް މިއަދުގެ ވަގުތެއްގައި މަރުވެފައިވަނީ އިޓަލީ ވިލާތަށް ނިސްބަތްވާ އުމުރުން 70 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެނބުނީ ތުލުސްދޫގެ އިރުމަތީ ފަރާތު މޫދަށް އެރި އުޅެނިކޮށެވެ.

އޭނާ މޫދަށް އެރި އުޅުނު ސަރަހައްދަކީ ވަރަށް ތިލަކޮށް އޮންނަ ސަރަހައްދެއް ކަމަށާއި، އޭނާ ގެނބުނީ އެދިމާލުގައި އޮންނަ ބާރުމިނުގައި އޮއިދެމާ ކެނަލްއާއި ދިމާލުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމީހާގެ ހަށިގަނޑު މިހާރު އޮތީ ތުލުސްދޫ ސިއްހީ މަރުކަޒުގައެވެ. އޭނާ ތުލުސްދޫއަށް ގޮސްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިން ގޮވައިގެން ޗުއްޓީ ހޭދަކުރުމަށެވެ.