މިއަހަރު މުޅިރާއްޖޭގައި ތިބީ 9041 ފަޤީރުން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން މިކަން ހާމަކޮށް، ބުނީ މިއަހަރުގެ ފަޤީރުންގެ ދަފްތަރު އެކުލަވާލާ ނިމިފައިވާ ކަމަށާއި 1443 ވަނަ އަހަރު މުޅިރާއްޖޭގައި ތިބީ 9041 ފަގީރުން ކަމަށެވެ.
ފާއިތުވި 1442 ވަނަ އަހަރު ރާއްޖޭގައި ތިބީ 7778 ފަޤީރުންނެވެ. މިއަހަރު އަތޮޅު ތެރޭގައި ތިބީ 7245 ފަގީރުން ކަމަށާއި މާލޭގަ ތިބީ 1796 ފަގީރުންކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ވަނީ މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާޢި، އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ބުނެފައެވެ. އަދި ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލުން ޒަކާތް ބަލައިގަންނާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން ވަކި ރަށްރަށަށް އޮންލައިންކޮށް ފައިސާ ދެއްކޭނެގޮތް ހަމަޖެހިފައިވަނީ ބީއެމްއެލް އޮންލައިންޕޯޓަލް، އުރީދޫ އެމްފައިސާ، ދިރާގުޕޭ، ފަހިޕޭ މެދުވެރިކޮށެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާލާއިރު، 1443 ވަނަ އަހަރު ފަގީރުން ނެތް ރަށްރަށުގެ އަދަދަކީ 42 ކެވެ. ފާއިތުވި އަހަރު 45 ރަށުގައި ފަގީރުންނެތް ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.