އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަވެރިން ހަމައެކަނި ވިއްކަނީ އެ ޕާޓީން ރައީސް މުހައްމަދު ނަޝީދު ބޭރުކުރަން އުޅޭ ވާހަކަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ، ޗެއާޕާސަން ކެމްޕޭނުގައި މިއަދު ގދ.ފިޔޯރީ އަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ވާހަކަދައްކަމުންނެވެ. ފައްޔާޒް ވިދާޅުވީ އޭނާގެ ވާދަވެރިން ރައްޔިތުންނަށް ހަމައެކަނި ވިއްކާ އެއްޗަކީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން އުޅޭ ވާހަކަ ކަމަށާއި، އެ އެފަރާތުން ރައްޔިތުންނަށް ކޮށްދެވޭނެ ކަންތައްތަކުގެ ވާހަކަ ނުދައްކާ ކަމަށެވެ.
ޗެއާރޕާސަން އިންތިޚާބުަގއި އިމްތިޔާޒްގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލެވެ. އެ ދެބޭފުޅުންވެސް ދަނީ ވަރަށް ފޯރިއާއެކު ކެމްޕޭން ކުރައްވަމުންނެވެ.
ފައްޔާޒު ވިދާޅުވީ އޭނާއާ ވާދަވެރި ފަރާތްތަކުގެ ގޮތުގައި މިއަދު ތިބީ ފާއިތުވި 16 އަހަރު ޕާޓި ހިންގަން ތިބި ފަރާތްތައް ކަމަށާއި އާ މީހަކު މިފަހަރު ޓެސްޓުކޮށްލުން ރަނގަޅު ކަމަށެވެ. އެގޮތުން ނަޝީދު ބޭރުކުރުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި ޗެއާޕާސަނަށް ކުރިމަތިލީ ވެސް ނަޝީދުގެ އެހީތެރިކަމާއެކު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.