ތުންގަނޑުލީ މަސް ހިބަރެއް ފީނާ މީހަކަށް ހަމަލާ ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އިންޓަނެޓްގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން މިވީޑިއޯ އަށް ވަނީ ހުއްޓިފައެވެ.
އިރުގެ އަލިން ޒީނަތްތެރިވެފައިވާ ހުދުދޮންވެލި ތުނޑިތަކުގައި ތިބެ ބަލާއިރު، ކަނޑު ރީތި ހިތްގައިމު ނޫކުލައެއްގައި ފެނެއެވެ. މިއީ ގިނަބަޔަކު ބަލައި ފޫހި ނުވާނެ ރީތި މަންޒަރެކެވެ. ނަމަވެސް، ނޫކުލައިގެ މިފުން ކަނޑުތަކުގައި އުފެދޭ ގުނާއަދަދު ނުކުރެވޭ ރާޅުތަކުގެ އަޑީގައި ފޮރުވިފައިވާ ގޮތްނޭނގޭ އެތަކެއް ހާސް ދިރުންތަކެއް އެކުލެވެއެވެ. ފުން ކަނޑުތަކުގައި، ފީނާ އަދި ފަތާ އުޅޭ އުޅުމުގައި ސަލާމަތާއި، ރައްކާތެރިކަމަށް އިސްކަން ދިނުން މުހިންމެވެ. ތުންގަނޑުލީ މަސް ހިބަރެއް ފީނާ މީހަކަށް ހަމަލާ ދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އަލުން އިންޓަނެޓްގައި ވައިރަލްވެފައިވާއިރު ގިނަ ބައެއްގެ ސަމާލުކަން މިވީޑިއޯ އަށް ވަނީ ހުއްޓިފައެވެ. މި ވީޑިއޯ އަކީ މީގެ ކުރިން 2016 ވަނަ އަހަރު ޑައިވަރަކު ނަގާފައިވާ ވީޑިއޯއެކެވެ.
ރިޕޯޓްތައް ބުނާގޮތުން ޕައޮލޯ އެޑުއާޑޯ ނަމަކަށް ކިޔާ ޑައިވަރަކު ދިޔައީ ނެދަލޭންޑްސްގެ މަލްޓިނޭޝަނަލް ފުގްރޯގެ ޑައިވާ ސަޕޯޓް ވެސެލް ކަމުގައިވާ ވަޔަޓް ކެނެޑީސްގައި ހަރުކޮށްފައިވާ އިކުއިޕްމަންޓެއް މަރާމާތުކުރުމަންނެވެ. މިގޮތުން އޭނާ 220 މީޓަރު އަޑީގައި މިމަސައްކަތުގައި އޮއްވާ، ތުންގަނޑުލީ މަސް ހިބަރެއް ފަހަތުން އައިސް ޑައިވަރަށް ހަމަލާ ދެއެވެ. ނަސީބު ކަންދިމާކުރިގޮތުން، އެޑުއާޑޯ އަށް މިހަމަލާއިން އެއްވެސް ގެއްލުމެއް ލިބިފައި ނުވެއެވެ. ކަންދިމާކުރިގޮތުން، ހިބަރުގެ ތުންގަނޑު، ޑައިވަރުގެ ޑައިވިންގް އިކުއިޕްމަންޓްގައި ތާށިވެއެވެ. ޑައިވަރުގެ ހަލުވިކަމާއެކު، ޑައިވާ ސަޕޯޓް ވެސެލްގެ އެތެރެއަށް ވަންނަ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.