ރޯދަ އެލަވަންސް ނުދޭ ނަމަ އެކަން ރިޕޯޓު ކުރުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ އިން އެދިއްޖެއެވެ.

ރަމަޟާން މަހު ރާއްޖޭގައި މަސައްކަތް ކުރާ މުސްލިމް ކޮންމެ ރައްޔިތަކަށް ރަމަޟާން މަހުގެ އިނާޔަތް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭ ކަމުގެ ޝަކުވާ ގިނަ މުވައްޒަފުން ކުރަމުންދެއެވެ.

ލޭބަރ ރިލޭޝަން އޮތޯރިޓީން ކުރި ޓުވީޓެއްގައި ވަނީ ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ފައިސާ ލިބިފައިވޭތޯ ސުވާލު ކޮށްފައެވެ.

https://twitter.com/Official_LRAmv/status/1510480286055731201

އަދި އެފައިސާ ނުލިބިއްޖެ ނަމަ އެ އޮތޯރިޓީ އަށް ރިޕޯޓު ކުރުމަށް ވަނީ އެދިފައެވެ. ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ހަމަޖައްސާފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް ރައްޔިތަކަށް 3000 ރުފިޔާއެވެ.