1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ހުޅުމާލޭ ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓުނު ކުއްޖާ މަރުވެއްޖެ

332089_3_dff65adf3d50771e2c7b98f76b497a8b026b264b_large
އައިޝަތު ޝިރުފާ
5,544ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލޭ ގެއެއްގެ ހަތަރުވަނަ ބުރިން ވެއްޓުނު ކުޑަކުއްޖާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް އެކެއްގެ ޕިކް ޕޯސްޓް ކައިރި ހުރި ގެއެއްގެ ހަތަރު ވަނަ ބުރިން ކުޑަކުއްޖަކު މަގުމައްޗަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 00:30 އެއިދާރާއަށް ލިބިފައިވާ ކަމަށެވެ.

އިމާރާތެއްގެ މަތިން ވެއްޓުނީ ހަތަރު އަހަރުގެ އަންހެން ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

300 × 250

ފުލުހުން ބުނީ އެކުއްޖާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

https://huvadhoomedia.com/22428/

ފުލުހުން ބުނީ މި ޙާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި