ހުޅުމާލޭ ޓްރެކް ސަރަހައްދު މޫދުގައި ހަބަރު ހުސްވެފައި އޮތް ޒުވާނަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ މޫދަށް ވެއްޓި ހަބަރު ހުސްވެފައި އޮތް ޒުވާނާ މޫދުން ނަގައި ފުލުހުން ވަނީ އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މަންޒަރު ދުށް މީހަކު ބުނީ އެމީހާ އެސަރަހައްދު މޫދުން ފެނުނީ މިރޭ 01:35 އެހާކަންހާއިރު ކަމަށާއި, އެއީ ގާތްގަނޑަކަށް އުމުރުން 35 އަހަރު މީހެއް ކަމަށެވެ. އަދި މޫދުން އޭނާ ނެގިއިރުވެސް އޭނާ ނޭވާލާ ކަމަށްވެސް އެމީހާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންގެ ބަހެއް ލިބޭ ގޮތެެއް ވަނީ ނުވެފައެވެ.